ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކޮރޯނާއިން އަރައިގަންނަން ޗައިނާ އިން 2 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދެނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ކޮރޯނާއިން އަރައިގަންނަން ޗައިނާ އިން 2 ބިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދެނީ!

ކޮރޯނާ ވައިރަސް އާއި ގުޅިގެން ޤައުމުތަކަށް ކުރިމަތިވެފައިވާ އިޤްޠިޞާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ޗައިނާއިން 2 ބިލިއަން ޑޮލަރު ހޭދަކުރަން ނިންނައިފިއެވެ. މި ފައިސާ ހޭދަކުރަން ހަމަޖައްސާފައިވަނީ 2 އަހަރުގެ މުއްދަތެއްގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށެވެ.

ޗައިނާއިން ވަނީ ޖީ20 ގައި ހިމެނޭ ޤައުމުތަކާއި ގުޅިގެން ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކަށް އެހީތެރިވާން މަސައްކަތްކުރާނެކަންވެސް ހާމަކޮށްފައެވެ.

އަދި މިހައިތަނަށް ފެނިފައިވާ ރިޕޯޓްތަކަށް ބަލާއިރު ކޮރޯނާ ވައިރަސް އާއި ގުޅިގެން ފަޤީރު ޤައުމުތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީވެސް، އަދި އެކަމަށް އެންމެ ރަނގަޅު ގޮތްތަކެއް އިންތިޒާމުކުރަމުން ގެންދަނީވެސް ޗައިނާއިންނެވެ.

 

މިއަދު އޮންލައިން