މިއަދުގެ މިހައިތަނަށް ބާރަ މީހުން ރަނގަޅުވެއްޖެ! ވެންޓިލޭޓަރުން 2 މީހުން ނަގައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
މިއަދުގެ މިހައިތަނަށް ބާރަ މީހުން ރަނގަޅުވެއްޖެ! ވެންޓިލޭޓަރުން 2 މީހުން ނަގައިފި!

މިއަދުގެ މިހައިތަނަށް 12 މީހަކު ކޮރޯނާ ވައިރަސް އިން ރަނގަޅުވެފައިވާ ކަމަށާއި އެއިގެ ތެރޭގައި ހިމެނެނީ 11 ބިދޭސީންނާއި ދިވެއްސަކު ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ. 

ޑރ. އަފްޒަލް މިރޭ ވިދާޅުވީ ޑީއެޗް 11 ގައި ވެންޓިލޭތަރުގައި އޮތް މީހާ ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި 2 ސާމްޕަލްވެސް ނެގަޓިވްވެފައިވާ ކަމަށެވެ. އަދި ޓްރީޓޮޕގައި ވެންޓިލޭޓަރުގައި ތިބި 2 މީހުންގެ ތެރެއިން ވެސް އެކަކު މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ. 

"10 ދުވަހުގެ ކުޑަ ކުއްޖާގެ 2 ސާމްޕަލްވެސް މިހާރު ނެގަޓިވް" ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިއަދު އޮންލައިން