ކޮރޯނާވައިރަހަށް އިތުރު 37 މީހަކު މިއަދު ޕޮޒިޓިވްވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭ އިން ބުނެފައިވަނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 15 ދިވެހިންނާއި، ބަންގްލަދޭޝްގެ 19 މީހުންނާއި، އިންޑިއާގެ 3 މީހުން ކަމަށެވެ.
މިމީހުންނާއެކު ރާއްޖެއިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 1143 އަށް އަރާފައެވެ.
މިބަލީގައި ރާއްޖޭގައި މިހާތަނަށް 4 މީހަކު ވަނީ މަރުވެފައެވެ.