ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން އިއްޔެ 15 މީހަކު އަދި މިއަދު 2 މީހަކު ރަނގަޅުވެފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ.
ޑރ. އަފްޒަލް މިރޭ ވިދާޅުވީ އިއްޔެ ރަނގަޅުވި މީހުންގެ ތެރޭގައި 7 ދިވެހިން ހިމެނޭއިއރު އެއިގެ ތެރޭގައި 4 އަންހެނުން ހިމެނޭ ކަމަށެވެ. އަދި ބަންގްލަދޭޝް 8 މީހަކު ހިމެނޭ ކަމަށެވެ. މީގެ އިތުރުން ބަންގްލަދޭޝްގެ 2 މީހަކު މިއަދު ރަނގަޅުވެފައިވާ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ މޫސުން ގޯސްވުމުން ސާމްޕަލް ނެގުމާއި އެހެން މަސައްކަތްތަކަށް ދަތިތައް ދަތިތައް އެބަހުރި ކަމަށެވެ. އަދި ޕޮޒިޓިވްވާ އަދަދު މަދުވަނީ އެހެންވެގެންކަމަށް ވެސް ވެދާނެ ކަމަށެވެ.