ގެއިން ބޭރަށް ނުކުންނަނީ އެކަކު ކަމަށް ހައްދަވާ!: ޑރ. އަފްޒަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ގެއިން ބޭރަށް ނުކުންނަނީ އެކަކު ކަމަށް ހައްދަވާ!: ޑރ. އަފްޒަލް

ޒަރޫރީ ބޭނުންތަކަށް ގިނަ ބައަކު ގެއިން ބޭރަށް ނުކުތުމުގެ ބަދަލުގައި ކޮންމެ ގެއަކުން ވެސް ބޭރަށް ނުކުންނަނީ އެކަކު ކަމުގައި ހަދަން ޑރ. އަފްޒަލް އިލްތިމާސް ކުރައްވައިފިއެވެ. 

ޑރ. އަފްޒަލް ވިދާޅުވީ ނުކުންނަ މީހާ އެނބުރި ގެއަށް އައުމަށްފަހު ރަނގަޅަށް އަތް ދޮވެ، ލައިގެންހުރި ތަކެތި ބަދަލުކޮށް ފެންވެރުން މުހިންމު ކަމަށެވެ. އަދި ގޭގައި ތިބޭއިރުވެސް އެންމެންވެސް ގައިދުރުކޮށް ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

މީގެ އިތުރުން މިހާލަތުގައި ބޭރު މީހުން ގެއަށް ވައްދައި ނުހެދުމަށްވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.  

ޑރ. އަފްޒަލް ވިދާޅުވީ ބަލިޖެހޭ މީޙުންގެ އަދަދު މިމިންވަރަށް ވެސް މަދުވެފައި މިވަނީ ދެވޭ އިރުޝާދުތަކަށް ރައްޔިތުން ޢަމަލުކުރާތީ ކަމަށާއި އަދިވެސް ބޮޑަށް އިރުޝާދުތަކަށް ޢަމަލުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ!

މިއަދު އޮންލައިން