ޕޮޒިޓިވްވި ތޭވީސް ފުލުހުންގެ ޙާލު ރަނގަޅު! މާޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޕޮޒިޓިވްވި ތޭވީސް ފުލުހުންގެ ޙާލު ރަނގަޅު! މާޝާ ﷲ

ކޮރޯނާ ވައިރަސްއަށް މިހައިތަނަށް ޕޮޒިޓިވްވެފައިވާ ފުލުހުންގެ 23 ބޭކަލުންގެ ހާލު ރަނގަޅުކަމަށް ސީޕީ މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ. ސީޕީ ޙަމީދު މިކަން ހާމަކުރައްވާފައިވަނީ އެމީހުންގެ ޙާލު ބައްލަވައިލެއްވެވުމަސްފަހު ކުރެއްވި ޓްވީޓެއްގައެވެ. 

ސީޕީ ހަމީދު ވިދާޅުވީ ތަފާތު ސަބަބުތަކަސްޓަކައި ރައްކައުޔތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިތުރު 293 މީހަކު ކަރަންޓީނުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އައިސޮލޭޝަނުގައާއި ކަރަންޓީނުގައި 316 ފުލުހުން އެބަތިބިކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން