ކޮރޯނާއަށް ޕޮޒިޓިވްވި މާބަނޑު އަންހެންމީހާ ވިހޭ ދަރިފުޅު ނެގަޓިވް! ގާތުން ދޭ ކިރުގަ ވައިރަސް ހުންނަކަން ހޯދިފައެއް ނުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކޮރޯނާއަށް ޕޮޒިޓިވްވި މާބަނޑު އަންހެންމީހާ ވިހޭ ދަރިފުޅު ނެގަޓިވް! ގާތުން ދޭ ކިރުގަ ވައިރަސް ހުންނަކަން ހޯދިފައެއް ނުވޭ!

އައިޖީއެމްއެޗަށް ވިހަން ގެންދިއުމުން ކުރި ޓެސްޓުން ކޮރޯނާއަށް ޕޮޒިޓިވްވި މާބަނޑު އަންހެން މީހާ ވިހެއި ދަރިފުޅު ޓެސްޓްކުރިއިރު ބައްޔަށް ނެގަޓިވް ކަމަށާއި ޙާލު ރަނގަޅު ކަމަށް ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ. 

ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވުމުން އެންމެ ގިނަ ބާއަކު ކަންބޮޑުވަނީ ގާތުން ކިރުދިނުމާއިމެދުގައެވެ. 

މިހައިތަނަށް ކުރި އެއްވެސް ތަޙްލީލަކުން މައިމީހާގެ ގާތުން ދޭ ކިރުގައި ކޮރޯނާ ވައިރަސް ހުންނަކަން އެނގިފައެއް ނެތެވެ. އެހެންކަމުން ޑޮކްޓަރުން ދަނީ ގާތުން ދިނުމަށް ބުރަވަމުންނެވެ. 

ބައެއް ޑޮކްޓަރުން ބުރަވަނީ އެއްޗަކަށް ނަގައިގެން ދިނުމަށެވެ. އަނެއްބައި ޑޮކްޓަރުން ބުނަނީ މައިމީހާގެ އަތާއި އުރަމަތި ދޮވެ ސާފުކުރުމަށްފަހު މާސްކް އަލައިގެން އިނދެ ގާތުން ދިނުމަކީ މައްސަލައެއް ނޫންކަމަށެވެ. 

އެނގިގެން މިދަނީ ދަރިންނަށްޓަކައި މައިމީހާގެ ގާތުން ދޭ ކިރުގެ ރައްކައުތެރިކަމެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަމެވެ. 

އިތުރަށް ޔަޤީންކޮށްލައްވަން ނިވްޔޯކްޓައިމްސްގައިވާ ރިޕޯޓުން ވިދާޅުވާށެވެ! 

Can the coronavirus be transmitted to an infant via breast milk?

So far, the virus has not been detected in breast milk, but we don’t know for sure if the virus can be transmitted this way.

Researchers at the University of California, San Diego are currently gathering milk samples from infected mothers and creating a special test to determine how much of the virus — if any — is present in breast milk.

މިއަދު އޮންލައިން