ފޯނު ކުޑަކުދިންގެ އަތަށް ނުދެއްވާ!: ޑރ. އަފްޒަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ފޯނު ކުޑަކުދިންގެ އަތަށް ނުދެއްވާ!: ޑރ. އަފްޒަލް

ކޮރޯނާ ވައިރަސްއަށް ރައްކައުތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުޑަކުދިންގެ އަތަށް ފޯނު ނުދިނުމަށް ޑރ. އަފްޒަލް އިލްތިމާސްކުރައްވައިފިއެވެ. 

ޑރ. އަފްޒަލް މިރޭ ވިދާޅުވީ ފޯނަކީ ވަރަށް ގިނައިން އަތްލެވޭ އެއްޗަކަށްވާއިރު އެކަށީގެންވާ ވަރަށް ސާފުވެސް ނުކުރެވޭ ކަމަށެވެ. 

ޑރ. ނަޒްލާ ވިދާޅުވީ އިއްޔެ އާއި މިއަދު ޕޮޒިޓިވްވި މީހުންނަށް ބެލި ނަމަވެސް 40 އިންސައްތަ މީހުންނަކީ އެއްވެސް ޢަލާމާތޔެއް ނެތް މީހުން ކަމަށެވެ! އަދި ރާއްޖޭގައި އެންމެ ޢާންމު ޢަލާމާތެއްގެ ގޮތުގައި ފެންނަނީ ކަރުތެރެ ހިކުމުގެ މައްސަލަ ކަމަށެވެ. 

ޑރ. ނަޒްލާ ވިދާޅުވީ ޢުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މީހުން އެއްވެސް ވަރަކަށް ގެއިން ބޭރަށް ނުކުންނަން އެދިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން އެނގުމަތިވެފައިވާ މީހުން ބަލަހައްޓާ މީހުންގެ ކިބައިން އެއްވެސް ޢަލާމާތެއް ނުފެނުނު ނަމަވެސް މާސްކް އަޅައިގެން ތިބެން އެދިވަޑައިގަންނަވާ ކަމަށެވެ.

މިއަދު އޮންލައިން