1 މަހުގެ ކުއްޖަކާ ރެންޑަމްކޮށް ނެގި ސާމްޕަލަކުން އުމުރުން ދުވަސްވީ މީހަކު ޕޮޒިޓިވްވެއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 9ސ
1 މަހުގެ ކުއްޖަކާ ރެންޑަމްކޮށް ނެގި ސާމްޕަލަކުން އުމުރުން ދުވަސްވީ މީހަކު ޕޮޒިޓިވްވެއްޖެ!

1 މަހުގެ ކުއްޖަކު ޕޮޒިޓިވްވެ ކުއްޖާގެ މަންމަ ޓެސްޓްކުރަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ. 

ޑރ. ނަޒްލާ މިރޭ ވިދާޅުވީ ކުއްޖާ ޓޭސްޓްކުރީ ކުއްޖާ އާއި ކޮންޓެކްޓްވީ މީހެއްގެ ސަބަބުން ކަމަށެވެ. އަދި ކުއްޖާގެ މަންމަ މިހާރު ޓެސްޓްކުރެވެމުން އަންނަ ކަމަށެވެ. 

ޑރ. ނަޒްލާ ވިދާޅުވީ ހައިރިސްކް ގުރޫޕްތަކުގެ ތެރޭގައި ބަލި އޮތް މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ކޮވިޑްގެ ނުރައްކާ އޮތް މިންވަރު ބެލުމަށް ނަގަމުންދާ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ.  

ޑރ. ނަޒްލާ ވިދާޅުވީ ދުވަސްވީ މީހުންނަކީ ގޭގައި ތިބޭ ބަޔަކަށްވާތީ ބައެއް މީހުން ޓެސްޓް ކުރަން ދެކޮޅު ހަދަމުންދާ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ބަލި އެންމެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ދުވަސްވީ މީހުން ހިމެނޭތީ އެމީހުންގެ ތެރޭގައި ބަލި ނެތްކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމަކަށްވުމުން އެކަމަށް އެއްބާރުލުން ދިނުން އެދިވަޑައިގަންނަވާ ކަމަށެވެ. "ލޭ މައްޗަށް ދިއުން، ހަކުރުބަލި ފަދަ ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުން ޓެސްޓްކުރަމުން ގެންދިއުން ވަރަށް މުހިންމު."

މިއަދު އޮންލައިން