ކޮރޯނާ އާ ދެކޮޅަށް ހަނގުރާމައެއް ނުކުރެވޭނެ! ބަލިމަޑުކަމަކުން ސަލާމަތްކޮށްދެވޭނެ އެއްވެސް މީހަކު ނުހުންނާނެ!: ޝައިޚް ޢިއްޒުއްދީން ޢަދްނާން

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ކޮރޯނާ އާ ދެކޮޅަށް ހަނގުރާމައެއް ނުކުރެވޭނެ! ބަލިމަޑުކަމަކުން ސަލާމަތްކޮށްދެވޭނެ އެއްވެސް މީހަކު ނުހުންނާނެ!: ޝައިޚް ޢިއްޒުއްދީން ޢަދްނާން

އެއްވެސް މީހަކުވެސް ޤައުމެއްވެސް އެއްވެސް ބަލިމަޑުކަމަކުން ސަލާމަތްކުރެވޭނެ ނުވަތަ ކޮށްދެވޭނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި އަދި ކޮރޯނާ ނުވަ އެނޫންވެސް ބައްޔަކާއި ދެކޮޅަށް ހަނގުރާމަކުރުމަކީވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ޝައިޚް ޢިއްޒުއްދީން ޢަދްނާން ވިދާޅުވެއްޖެއެވެ. 

"ﷲ ތަޢާލާ ވަހީކުރައްވަވާފައިވަނީ ޝިފާ ހޯދަން މަސައްކަތްކުރަން. ކޮންމެ ބަލިމަޑުކަމަކާއިއެކު ﷲ ޝިފާ ފޮނުއްވަވާ! ޝިފާ ލައްވަވާ! އަޅުގަނޑުމެންނަށް އޮތީ ހޯދައި ލިބިގަންނަން މަސައްކަތްކުރުން. މަސައްކަތްކުރީމާ ﷲ ރުހިވޮޑިގަންނަވާ އަޅަކަށް ޝިފާ މިންވަރުކޮށްދެއްވަވާނެ!  ވީމާ އަޅުގަނޑުމެންނަށް އޮތީ މަސައްކަތްކުރުން! ޑޮކްޓަރުންނަށް ވެސް ދެވޭނީ ބޭސް! ޝިފާ ދެއްވެވުން ވަނީ މާތް ﷲ އަށް." 

"ވީމާ ނުބުނެވޭނެ. މިވެނި މީހަކު މިވެނި ބައްޔަކުން ގަދަވީއަކީ ނުވަތަ މިވެނި ޤައުމެއް މިވެނި ބައްޔަކުން ސަލާމަތްކުރީ މިވެނި މީހެކޭ! އެއީ މާތް އަށް ޚާއްޞަވެގެންވާ ކަމެއް. އެބާރުލިބޭނެ އެއްވެސް މީހެއް ނުހުންނާނެ!" 

"އަދި ހަމަ އަޅުގަނޑުމެންގެތެރެއިންވެސް ބައެއް ބޭފުޅުން އެބަވިދާޅުވޭ ކޮރޯނާ ވައިރަސް އާ ދެކޮޅަށް ހަނގުރާމަކުރާ ވާހަކަ! ކިހިނެއްތޯ މާތް ﷲ ފޮނުއްވެވި ބަލިމަޑުކަމަކާ ދެކޮޅަށް ހަނގުރާމަކުރާނީ؟ ސަލާމަތްވާން މަސައްކަތް ނޫންތޯ ކުރެވޭނީ؟ އެމެރިކާގެ ރައީސް ޓްރަމްޕް ފަދަ މާތް ﷲ ގެ އެއްކައުވަންތަކަން ޤަބޫލުނުކުރާ މީހުން ވާހަކަ ދައްކާ ޢިބާރާތުން އަޅުގަނޑުމެން މުސްލިމުން ވާހަކަ ދައްކަން ހެޔޮ ނުވާނެ! އެއީ ކުރަން މުސްލިމުންނަށް އެއްގޮތަކަށްވެސް ހުއްދަ ކަމެއް ނޫން!" ކަމަށްވެސް ޝައިޚް ޢިއްޒުއްދީން ޢަދްނާން ވިދާޅުވިއެވެ.

މިއަދު އޮންލައިން