ކޮރޯނާ ވައިރަސް ޖެހުނު 2 އަހަރުގެ ކުއްޖަކާއި 2 މީހަކު ބަލިން ރަނގަޅުވެއްޖެ ‍

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
ކޮރޯނާ ވައިރަސް ޖެހުނު 2 އަހަރުގެ ކުއްޖަކާއި 2 މީހަކު ބަލިން ރަނގަޅުވެއްޖެ ‍

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 ޖެހުނު 2 އަހަރުގެ ކުއްޖަކާއި 2 މީހަކު ބަލިން މުޅިން ރަނގަޅުވެއްޖެއެވެ.

މިކަމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ މިއަދު ބަލިން ރަނގަޅުވީ ތިން މީހުންގެ ތެރޭގައި ހިމެނެނީ 2 އަހަރުގެ ތުއްތު ކުއްޖަކާއި މާލެއިން ފެނުނު އެންމެ ބޮޑެތި ކްލަސްޓަރތަކަށް ނިސްބަތްވާ މީހުންކަމަށެވެ. އެހެންނަމަވެސް މި މީހުންގެ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މިހާތަނަށް ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ތެރެއިން 49 މީހަކު ވަނީ ރަނގަޅުވެފައެވެ.

ރާއްޖެއިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 1020 އަށް އަރާފައެވެ.

 

 

މިއަދު އޮންލައިން