ޙުސައިން ޢަބްދުﷲ (އެމްއެޗްއޭ) އަވަހާރަވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޙުސައިން ޢަބްދުﷲ (އެމްއެޗްއޭ) އަވަހާރަވެއްޖެ!

ޑީއެޗް 11 ގައި ކޮވިޑަށް ފަރުވާދެމުން ދިއަ ބަލި މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޙުސައިން ޢަބްދުﷲ (އެމްއެޗްއޭ) ދާދި ދެންމެ އަވަހާރަވެފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"ޙުސައިންބެ" ﷲ ދެއްވެވި ތަނަވަސްކަމުގެ ބޭނުން ވަރަށް ހެޔޮ ގޮތުގައި ހިއްޕެވި ބޭކަލެކެވެ. މަދަރުސާތަކަށާއި ކުދިންނަށް މަތީ ތައުލީމް ހޯއްދަވައި ދެއްވެވުމުގައި ބޮޑެތި ހޭދަތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އިޖުތިމާޢީ ޚިދުމަތް ކުރެއްވެވުމުގައި ވެސް ދީލަތިކަމާއިއެކު ހޭދަކުރެއްވި ބޭފުޅެކެވެ. 

އިސްލާމް ދީނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ޢުޘްމާން ޢަބަދުﷲ ގެ ވެސް ބޭބޭފުޅެވެ. ޚުލްޤް ރަނގަޅު ދީލަތި ބޭފުޅެކެވެ. 

ކޮވިޑްގައި ރާއްޖެއިން ފުރަތަމަ އަވަހާރަވީ ޙުސައިން ޢަބްދުﷲގެ އަނބިކަނބަލުންނެވެ. ޙުސައިން ޢަބްދުﷲ އަކީ ކޮވިޑްގައި ރާއްޖެއިން އަވަހާރަވި 4 ވަނަ ބޭފުޅާއެވެ. 

ޢާއިލާއަށް ލިބިވަޑައިގެންނެވި ފުން ހިތާމައިގައި "މިއަދުނޫސް" ބައިވެރިވަމުއެވެ. 

މަރްޙޫމްގެ ފުރާއަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރު ކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވަވާށި! އާމީން

 

ފޮޓޯ: ޝޯސަލް މީޑިއާ

 

މިއަދު އޮންލައިން