ކުޑަކޮށް ސީރިއަސް އެކަކަށް ޓްރީޓޮޕްގަ ފަރުވާ ދެމުން އެބަ ގެންދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
ކުޑަކޮށް ސީރިއަސް އެކަކަށް ޓްރީޓޮޕްގަ ފަރުވާ ދެމުން އެބަ ގެންދޭ!

ކޮރޯނާއަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ކުޑަކޮށް ހާލު ސީރިއަސް އެކަކަށް ޓްޜީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަގެންދެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ޓްރީޓޮޕްގައި ފަރުވާ ދެނީ 10 މީހަކަށް ކަމަށާއި އެއިގެތެރެއިން 2 މީހަކީ ކުޑަ 2 ކުދިންގެ ބެލެނިވެރިން ކަމަށެވެ. 2 މީހަކު ތިބީ ވެންޓިލޭޓަރުގައެވެ.

މީގެ އިތުރުން ޑީއެޗް 11 ގައި ތިބީ 3 މީހުންނެވެ. 2 މީހަކު ވެންޓިލޭޓަރުގައި ތިބިއިރު 3 ވަނަ މީހާގެ ޙާލު އަންނަނީ ރަނގަޅުވަމުން ކަމަށާއި އަނެއް މީހާ ވަރަށް އަވަހަށް އެހެން ފެސިލިޓީއަކަށް ބަދަލުކުރެވޭވަރު ވެދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިއަދު އޮންލައިން