ރާއްޖެއިން ކޮރޯނާވައިރަސް އަށް އިތުރު 51 މީހަކު ޕޮޒިޓިވްވެ ޕޮޒިޓިވްވީމީހުންގެ ޖުމްލަ އަދަދު 955 އަރައިފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަބުރޫކް އަޒީޒް ވިދާޅުވީ ރޭގެ ޕްރެސްއިން ފެށިގެން މިރޭގެ ޕްރެސް ފެށުމާއި ހަމައަށް 51 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މިމީހުންނާއެކު ރާއްޖެއިން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 955 އަށް އަރާފައެވެ.
މިބަލީގައި ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފަ އެވެ.