އިތުރު 8 މީހުން ކޮރޯނާއިން ރަނގަޅުވެ ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 40 އަސް މިހާރު އަރާފައިވާ ކަމަށާއި ޕޮޒިޓިވްވާ މީހުންގެ އަދަދު މިފެންނަނީ ވަރަށް ލުއިކޮށް ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ.
ޑރ. އަފްޒަލް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ރެންޑޮމް ސާމްޕަލް ނަގަން ދިއުމުން ބައެއް މީހުން އެކަމަސް ދެކޮޅު ހަދާ ކަމަށާއި ސާމްޕަލް ނެގުމަށް އެއްބާރުލުން ދިނުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. "ބައެއް މީހުން ބިރުގަންނަނީ ޕޮޒިޓިވްވެދާނެ ކަމަށް! ބިރުގަންނަންވީ އެކަމަކަށް ނޫން!"
ޑރ. އަފްޒަލް މިރޭ ވިދާޅުވީ ގެއަށް ބާޒާރުކުރުންވެސް ހަފްތާއަކު އެއް ދުވަހަށް މަދުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދަކީ 51 އެވެ. ރައްޔިތުންގެ އެއްބާރުލުން ލިބޭނަމަ ޕޮޒިޓިވްވާ މީހުންގެ އަދަދު ދާނީ މަދުވަމުންކަން ޑޮކްޓަރުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.