ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ތިރީސްދެމީހަކު ރަނގަޅުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ކޮވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ތިރީސްދެމީހަކު ރަނގަޅުވެއްޖެ!

 ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 ޖެހިގެން މީހުންގެ ތެރެއިން މިހާތަނަށް ތިރީސްދެމީހަކު ރަނގަޅުވެއްޖެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ކޮވިޑް19 އާއިބެހޭ މައުލޫމާދު ދެއްވުމަށް ޑރ.އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވީ މިބަލީގައި ފަރުވާދެމުން ދިޔަ އިތުރު މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށާއި ރާއްޖޭގައި މިބަލިން ރަނގަޅުވި މީހުންގެ އަދަދު 32 އަށް އަރާފައިވާ ކަމަށެވެ. 

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 904 އަށް އަރާފައިކަމަށާއި މީގެ ތެރޭގައި ހިމެނެނީ 599 ބިދޭސީންނާއި 305 ދިވެހިންނެވެ.

މިބަލީގައި ރާއްޖޭގައި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައެވެ. 

 

 

މިއަދު އޮންލައިން