ރޭގެ ޕްރެސްއިން މިރޭގެ ޕްރެސްއާއި ދެމެދު އިތުރު 27 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އެއަިގެ ތެރޭގައި 5 އަަހރުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށް އަދި އިތުރު މީހަކު ބަލިން ގަދަވެފައިވާ ކަމަށް ބުނެފިއެވެ.
މީގެ ކުރިން ވަނީ 7 މަހުގެ ކުއްޖަކާއި 2 އަަހރުގެ ކުއްޖަކުވެސް ޕޮޒިޓިވްވެފައެވެ. ބަލިން ޝިފާލިބުނު މީހުންގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ.
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް މިރޭ ވިދާޅުވީ މިހާރު ޕޮޒިޓިވްވެ ފަރުވާދެމުން ގެންދަނީ 826 މީހަކަށް ކަމަށެވެ. ބައްޔަށް ޕޮޒިޓިވްވެފައިވަނީ 862 މީހުން ކަމަށާއި އެއީ 285 ދިވެހިންނާއި 577 ބިދޭސީން ކަމަށެވެ. އަދި މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީޙުން ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ޑީއެޗް11 ގައި ފަރުވާ ދެވެމުން ދަނީ 3 މީހަކަށް ކަމަށާއި 2 މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގައި 11 މީހަކަށް ފަރުވާ ދެމުން ގެންދާ ކަމަށެވެ. 2 ބިދޭސީންނަށް ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދާ ކަމަށެވެ.