މައިންބަފައިން ދެކެވާ ލޯތްބާއި ދެމަފިރިން އެކަކު އަނެކަކު ދެކެވާ ލޯބީގެ ތަފާތަކީ ކޮބާ؟

ކިޔުމަށް ހޭދަވާނީ 42ސ
މައިންބަފައިން ދެކެވާ ލޯތްބާއި ދެމަފިރިން އެކަކު އަނެކަކު ދެކެވާ ލޯބީގެ ތަފާތަކީ ކޮބާ؟

ފަހަރެއްގައި މިއީ ވަރަށް އާދައިގެ ސުވާލަކަށް ވެސް ވެދާނެއެވެ. ނަމަވެސް މިއީ ފަހަރެއްގަައި ބައެއް މީހުންނަށް އޮޅޭ ދެކަމަކަށް ވުމުން، މިސުވާލުގެ ޖަވާބުގައި ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޛް އަބްދުއްލަތީފް ވިދާޅުވެފައިވަނީ:

"މައިންބަފައިންނަކީ ތިމާ ދުނިޔެއަށް އުފަންވުމުގައި މެދުވެރިއެއް ކަމުގައިވެފައި ތިމާ ކުޑަ ކުއްޖެއްގެ ގޮތުގައި އަތުން ފައިން މަސައްކަތެއް ނުކުރެވޭ ނިކަމެތި އިންސާނެއްގެ ގޮތުގައި އޮއްވާ ބަލާބޮޑުކުރި މީހުންނަށްވާތީ އެމީހުންނަށް ލޯތްބާއި ޤަދަރާއި އިޚްތިރާމް އަދާކުރަން ޖެހެއެވެ.

އަނބިމީހާއަކީ ތިމާގެ ހަޔާތުގެ ބައިވެރިޔާ ކަމަށްވާތީ އޭނައަށް ޚިޔާނާތްތެރި ނުވެ ވަފާތެރިވެ ކަމޭ ހިތަން ޖެހެއެވެ. އޭނަގެ ވަލީވެރިޔާގެ ޒިންމާއިން ތިމާގެ ޒިންމާގެ ދަށަށް ގެނެސްފައިވަނީ ހެޔޮ ގޮތުގައި ބެލެހެއްޓުމަށް އެއްބަސް ވެގެންކަން ހަނދާނުގަ ބަހައްޓަން ޖެހެއެވެ."

މިއަދު އޮންލައިން