ވީޓީވީގައި އެތައް ސަތޭކަ ޕްރޮގްރާމެއް ހުށަހަޅުއްވައި ދެއްވި މަޝްހޫރު ޕްރެޒެންޓަރު އަޙްމަދު ޙަމީދު އާދަމްގެ އަޑުން މަދަހައެއް އަޑު އެއްސެވީމުތޯއެވެ؟ އަޑުއައްސަވާފައިނުވާނަމަ ޚަބަރުގައިވާ ޓްވީޓުން އަޑު އައްސަވައިލައްވާށެވެ!
ހަމީދު ވިދާޅުވީ މިއީ ޝައިޚް ޙަސަން މޫސާ ފިކުރީ އެދިވަޑައިގަތުމުން އެއްވެސް ވަރަކަށް ތައްޔާރުވެ ނުލައްވައި ވަގުތުން ފޯނަށް ރެކޯޑްކޮށްލައްވާފައި ފޮނުއްވި މަދަހައެއް ކަމަށެވެ. ޝައިޚްއަށް މަދަޙަ ކަމުދިއަވަރުން ޝައިޚް ވަނީ ޝައިޚުގެ ފޭސްބުކްގައިވެސް ޝާއިޢުކުރައްވައިފައެވެ.
ވަރަށް ފުރިިހަމައެވެ! އުންމީދީ އަޑެކެވެ! ރާގާ މަޚްރަޖު ވަރަށް ފުރިހަމައެވެ. މާޝާ ﷲ!
ހަމީދު މިހާރު މަސައްކަތްކުރައްވަނީ އަވަސް އޮންލައިންގައި ސެކްޝަން އެޑިޑަރެއްގެ ގޮތުންނެވެ. ނޫސްވެރިކަމުގެ ފަންނުގެ އިތުރުން މަދަޙަ ވިދާޅުވުމުގެ ފަންނުންވެސް އަލްއަޚް ޙަމީދަށް ކާމިޔާބީއަށް އެދެމުއެވެ!
މި ފަހަރު ޖާދުލެއް ނޫން އިނގޭތޯ.. މި ފަހަރު އަޅުގަނޑުގެ އަޑުން މަދަހައެއް. ޝުކުރިއްޔާ pic.twitter.com/Rs38bNh8bY
— ahmed hameed adam (@hamydadam) May 9, 2020