ކޮވިޑް ނަވާރައަކީ އަޅުގަނޑުމެންނަށް މެދުވެރިވި ސަތޭކަވަރަކަށް ދުވަހުގެ އިމްތިހާނެއް ކަމަށާއި މިއިމްތިހާނުން އަޅުގަނޑުމެންގެ އަގީދާ، ސިއްހީ ހާލަތު، ނަފްސާނީ ދުޅުހެޔޮކަން، އިޖްތިމާއި ގުޅުން، އިގްތިސާދު، އަދި ވެރިންގެ ހިންގުންތެރިކަމާއި އިހްލާސްތެރިކަން ވަޒަން ކުރެވޭނެ ކަމަށް ޕަރޮފެސަރ ޢުޤައިލް ވިދާޅުވެއްޖެއެވެ.
"ކޮވިޑް ނަވާރައަކީ އަޅުގަނޑުމެންނަށް މެދުވެރިވި ސަތޭކަވަރަކަށް ދުވަހުގެ އިމްތިހާނެއް. މިއިމްތިހާނުން އަޅުގަނޑުމެންގެ އަގީދާ، ސިއްހީ ހާލަތު، ނަފްސާނީ ދުޅުހެޔޮކަން، އިޖްތިމާއި ގުޅުން، އިގްތިސާދު، އަދި ވެރިންގެ ހިންގުންތެރި ކަމާއި އިހްލާސްތެރިކަން ވަޒަން ކުރެވޭނެ."
ޕްރޮފެސަރ ޢުޤައިލް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު ދީނީ ޢިލްމުވެރިން ވެސް ގެންދަވަނީ ހަމަ މިފަދަ ބަސްފުޅުތައް ވިދާޅުވަމުންނެވެ. ދީނީ ޢިލްމުވެރިން ގެންދަވަނީ މި އިމްތިޙާނުތަކުން އެންމެ ރަނގަޅު ގޮތުގައި ފާސްވުމަށްވެސް އިލްތިމާސްކުރައްވަމުންނެވެ.