"މިގޯޅީގަ އެބަހުރި އެތެރޭގަ ކޮޓަރިއެއް! އެ ކޮޓަރީގަ ދިރިއުޅެނީ ކިތައް މީހުން ކަމެއްވެސް ނޭނގެ! ރޭގަނޑު ވެއްޖެ ނަމަ ގޯޅިތެރެއަށް މޫނު ދިއްކޮށްލެވޭކަށްވެސް ނޯވޭ! ގޯޅި ފުރެންދެން އުޅުއްވަނީ ބަންގްލަދޭޝް ބޭފުޅުން. ހަމައެކަނި އުޅުއްވަނީއެއް ނޫން! ސިގިރެޓް ދުމުން މުޅި ގޯތިތެރެ އޮންނަނީ ފުރާލާފަ!" މިއީ މ. ސުތުލިމާގޭ ގޯޅިތެރޭގައި ދިރިއުޅޭ ރާއްޖެ ތެރޭ ބީރައްޓެހި ޢާއިލާއަކުން ހިއްޞާކޮށްފައިވާ މައުލޫމާތެވެ.
އޭނާ ބުނީ މިފަދަ ދުވަސްވަރެއްގައި ދިވެހިން ނަމަވެސް ބިދޭސީން ނަމަވެސް އުޅޭތަނުން ނުކުމެ ކުދި ގޯޅިތައް ފުރައިގެން ތިބުމަކީ އެ ގޯޅީގައި ދިރިއުޅޭ ބައަކަށް އޮތް ނުރައްކަލެއް ކަމަށެވެ. އެހެންވެ ވަރަށް ގިނައިން ފުލުހުންނަށްވެސް ރިޕޯޓްކޮށްފައިވާނެ ކަމަށެވެ!
"ފުލުހުން ބުނަނީ އެމީހުން ނެރެގެން ގެންދާނެ ތަނެއް ނެތް ވާހަކަ. އެކަމަކު ޓީވީތަކުން ގޮވަނީ ހުޅުމާލެއާ ގުޅިފަޅާ ތަންތަނުގަ ޢިމާރާތްތައް އަޅައިގެން ބަންގްލަދޭޝް ބޭފުޅުން އެތަންތަނަށް ގެންދާ ވާހަކަ. ދެން ނޭނގެ މިވާ ގޮތެއް. އަޅުގަނޑުމެންނަށް ދިރިއުޅެން ޖެހިފައި މިވަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގަ. ދުން ބޯޓުން ސަލާމަތްވާން ބޭނުމިއްޔާ ރޭގަނޑު ކުޑަދޮރެއްވެސް ނުހުޅުވާ ބަންދުކޮށްގެން ތިބެންވީ!" އެމީހުން ދިރިއުޅެމުން ގެންދާ ނިކަމެތި ޙާލަތު ބަޔާންކޮށްދެމުން އޭނާ ބުނެފައިވެއެވެ.