މާލޭގެ ލޮކްޑައުން ޙާލަތު އިތުރަށް ވަރުގަދަކޮށް ފިހާރަތައް އެކުގައި ބަންދުކުރަން އަދި ނިންމާފައި ނުވާކަމަށާއި ސޯޝަލް މީޑިއާގައި ދައުރުކުރަމުން ގެންދަނީ ދޮގު ޚަބަރުތަކެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިރޭ ވިދާޅުވީ ޙާލަތަށް ބަލައި ލޮކްޑައުންގެ ކަންކަމަށް ބަދަލުތަކެއް ގެންނަން ޖެހިދާނެ ކަމަށާއި ނަމަވެސް އެފަދަ ފިޔަވަޅެއް އަޅާނީ ބަލަންޖެހޭ ކަންކަން ބަލައި ކުރިއާލައި އަންގައިގެން ކަމަށެވެ.
މާލެ ސިޓީގެ ކަންކަން ކާފިޔުގެ ޙާލަތަށް ގެންނަން އުޅޭކަމަށް ޚަބަރުތައް ފެތުރުމާ ގުޅިގެން ގިނަ ބައަކު މިއަދު ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގައެވެ. ގިނަ ބައަކު ވަނީ ކާބޯތަކެތި ގެއަށް ވައްދަންވެސް މަސައްކަތްކޮށްފައެވެ.