22 މީހަކު ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެއްޖެކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭ އިން ބުނެފައިވަނީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 4 ބަންގްލަދޭޝް މީހުންނާއި އިންޑިޔާ މީހަކާއި ނޭޕާލް މީހެއް ކަމަށެވެ.
މިމީހުންނާއެެކު ރާއްޖެއިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 766 އަށް އަރައިފައެވެ.