އައްޑޫ ސިޓީން މާލެ ގެނައި ބަލިމީހަކު ކޮރޯނާއަށް ޕޮޒިޓިވްވުމާއި ގުޅިގެން 14 ދުވަހަށް އައްޑޫ ސިޓީ ލޮކްޑައުންކޮށްފިއެވެ. އަދި އައްޑޫ ސިޓީގައި ކޮމިޔުނިޓީ ސްޕްރެޑް އެބައޮތްކަމަަށް ޤަބޫލުކުރައްވާކަން މޭޔަރ ޢަބްދުﷲ ޞާދިޤް ވަނީ ހާމަކުރައްވައިފައެވެ.
އައްޑޫސިޓީން މާލެ ގެނައި މީހާ ޕޮޒިޓިވްވުމުން މާލެއަށްވުރެ އައްޑޫގައި ނުރައްކާ މާބޮޑުވެދާނެ ކަމަށް މިހާރުވަނީ ލަފާކުރަން ޖެހިފައެވެ.
މިއަދުނޫހަށް މައުލޫމާތު ދިން މީހަކު ބުނީ ކޮންމެ މީހަކު ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ނަމަވެސް އެމީހާ އާއި ކޮންޓެކްޓްނުވާ ޑަކްޓަރަކު އަދި ނަރުހަކުވެސް ހޮސްޕިޓަލުގައި ނުހުންނާނެ ކަމަށެވެ. "ހުރިހާ ވޯޑްތަކެއްގެ ޑޮކްޓަރުން ބައްދަލުވޭ. ނަރުހުން ބައްދަލުވޭ. ޑަކްޓަރުންނާ ނަރުހުން އެހެން މީހުންނާ ބައްދަލުވޭ. ގޭގެއަށް ގޮސް ޢާއިލާތަކާ ބައްދަލުވޭ. ޑޮކްޓަރުންނާ ނަރުހުންނާ ހޮސްޕިޓަލުގެ މުވައްވިފުން ބައްދަލުވޭ. މިއެންމެންނާ ރައްޔިތުން ބައްދަލުވޭ. ވީމާ ބަލި އޮތް މިންވަރެއް އެނގެންއޮތީ ހަމަ ޓެސްޓްތައް ހެދުނު ވަރަކުން." ކަމަށް އޭނާ ބުނެފައިވެއެވެ.
މިހައިތަނަށް ލިބިފައިވާ މައުލޫމާތުތަކަށްބަލާއިރު ގިނަ ބައަކު ވަނީ ހޮސްޕިޓަލުގެ އެންގުމާއި ޚިލާފަށް މާލެ ގެނެވުނު މީހާއަށް ޒިޔާރަތް ވެސް ކޮށްފައެވެ.