ފަތިސް ނަމާދުގެ އިހު ސުންނަތް ދޫކޮށްނުލާށެވެ! ޙަދީޘްފުޅުގައި އޮތީ "ފަތިސްނަމާދުގެ އިހު ސުންނަތަކީ ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ ﷲ ގެ ޙަޟްރަތުގައި މާތް (އަގުހުރި) އެއްޗެއް ކަމުގައެވެ. ފަތިސް ނަމާދަށްފަހު ޟުޙާ ވަގުތު ޖެހެންދެން ކުރާނެ ސުންނަތް ނަމާދެއް ނެތެވެ.
މިސްކިތަށް ޖަމާޢަތަށް ދާމީހާއަށް ވަގުތު ނެތިގެން އިހު ސުންނަތް ނުކުރެވިއްޖެ ނަމަ ރަނގަޅު ގޮތަކީ އިރު ތަންކޮޅެއް މައްޗަށް އެރުމުން ސުންނަތް ކުރުމެވެ. ޟުޙާނަމާދު ކުރާ މީހާ ޟުޙާ ނަމާދުކުރުމުގެނ ކުރިން ސުންނަތް ކުރަންވާނެއެވެ.
މިއަދުގެ ޙާލަތަށް ބަލައިފިނަމަ މިސްކިތުގެ ޖަމާޢަތަށް ދާން ނުޖެހޭތީ ފަތިސް ނަމާދުގެ އިހު ސުންނަތް ކުރަން ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. އިރުން އެރުން ގާތްވެގެން ނުކުރެވުނު މީހާ ފަހުން ނަމަވެސް ކުރިން ބަޔާންކުރާނީއެވެ. އަދި އިރުއަރާފަހުން ހޭލެވިއްޖެ ނަމަ ފަތިސް ނަމާދުކުރުން އޮތީ އިހުސުންނަތް ކުރުމަށްފަހުގައެވެ.
މަޢުލޫމާތު: ޝައިޚް އިބްރާހީމް ފަރީދު