ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ޓެސްޓްކުރެވޭ މިންވަރު އިތުރުކުރަން ޚާއްޞަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މަބްރޫކް މިރޭ ވިދާޅުވީ އެސްޓީއޯގެ އިތުރުން ހެލްތް މިނިސްޓްރީ އާއި ރައީސް އޮފީހުންވެސް ޓެސްޓްކުރާ މެޝިން ހޯދަން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އޮތް ހުރަހަކީ އުފައްދާ ޤައުމުތަކަށް ބޭނުންވާ ވަރަށްވެސް ނުއުފެއްދޭތީ އެކްސްޕޯޓްކުރުމުގައި ވެސް ކޮންޓްރޯލް ހިފަހައްޓާތީ ކަމަށެވެ.
ޑރ. ޝީނާ މިރޭ ވިދާޅުވީ ޓެސްޓްކުރަން ބޭނުންވާ ވަރަށް އަދި ޓެސްޓްކުރެވެމުން ނުދާ ކަމަށެވެ. "ރާއްޖޭގަ ކޮވިޑަށް ޓެސްޓް ކުރެވޭ މިންވަރު ވަރަށް ދަށް. ރަނގަޅު މިންވަރަށް ޓެސްޓް ކުރެވޭނަމަ ދުވާލެއްގެ މައްޗަށް 300 ޕޮޒިޓިވް ކޭސް ފެނުމުގެ ފުރުސަތު އެބައޮތް. ރާއްޖޭގައި ކޮވިޑަށް ޓެސްޓް ކުރެވެނީ ވަރަށް މަދުން. ޓެސްޓް ސްޓެރެޓަޖީ ބަދަލު ކުރަން ޖެހޭ" ކަމަށްވެސް ޑރ. ޝީނާ ވިދާޅުވިއެވެ.