ޒަރޫރީ ބޭނުންތަކަށް ހުއްދަ ދޫކުރުން ކޮންޓްރޯލްކުރަން ނިންމައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ޒަރޫރީ ބޭނުންތަކަށް ހުއްދަ ދޫކުރުން ކޮންޓްރޯލްކުރަން ނިންމައިފި

ޒަރޫރީ ބޭނުންތަކަށް ގެއިން ބޭރަށް ނުކުތުމުގެ ހުއްދައަށް އެދުމުން އެއީ ހަަމަ ކޮންމެހެން ހުއްދަދޭން ޖެހޭ ކަމެއްކަން ބެލުމުގެ މަސައްކަތް މާދަމާ ހިސާބު ފެށޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

މަބްރޫކް ވިދާޅުވީ ހުއްދަ ދޫކުރުމުގައި ހިފެހެއްޓުމެއް ގެންގުޅެން ނިންމާފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އަންދާޒާ ކުރެވޭތީ ކަމަށެވެ.  

މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިހައިތަނަށް ކޮރޯނާއަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 642 ކަމަށާއި އެއީ 214 ދިވެހިންނާއި 428 ބިދޭސީންކަމަށެވެ. މިއަދަދުތަކަށް ބެލުމުން އެނގެނީ ބަލިޖެހިފައިވާ ކޮންމެ ދިވެއްސަކަށް ބިދޭސީ 2 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއަދު އޮންލައިން