ގެއަކުން ތަށިބަރިއެއް ލިބުނު ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ!: ޑރ. އަފްޒަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ގެއަކުން ތަށިބަރިއެއް ލިބުނު ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ!: ޑރ. އަފްޒަލް

ކޮރޯނާ ވައިރަސް ރާއްޖޭގައި މިހާރު އޮތް ޙާލަތަށްބަލާއިރު ގެއަކުން ތަށިބަރިއެއް ލިބުނު ނަމަވެސް ރައްކައުތެރިކަމުގެ ގޮތުން އަލަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑރ. އަފްޒަލް އިލްތިމާސްކުރައްވައިފިއެވެ. 

މިރޭގެ ޕްރެސްގައި ޑރ. އަފްޒަލް ވިދާޅުވީ ތަށިބަރި ލިބުމުން ގޭގެ އެއްޗަކަށް އެތަކެތި ހުސްކުރަން ޖެހޭނެ ކަމަށާއި ތަށިބަރީގައި ހިފަންވާނީވެސް ރައްކައުތެރިކަމާއިއެކުގައި ކަމަށެވެ. 

މީގެ އިތުރުން ޑރ. އަފްޒަލް ވަނީ ޘަޤާފަތުގެ ގޮތުގައި ގޭގެއަށް ތަށިބަރި ފޮނުވުން މިވަގުތު ހުއްޓާލަންވެސް އެދިވަޑައިގެންފައެވެ. 

ޑރ. އަފްޒަލް އިޝާރާތް ކުރައްވާފައި އެވަނީ ހާލުގައި ތިބިބައަކަށް ޞަދަޤާތުގެ ގޮތުގައި ތަކެތި ފޯރުކޮށްދިނުން ނޫންކަމަށް ޤަބޫލުކުރެވެއެވެ. އަދި ޞަދަޤާތުގެ ގޮތުގައި ނަމަވެސް ތަށިބަރިއެއް ލިބިއްޖެ ނަމަ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުންކަންވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން