ކޮރޯނާގެ ސަބަބުން ރަސޫލް ޞޢވ ގެ ހަދީޘްފުޅުތައް މިޤަރުނުގެ މެޑިކަލް ޑޮކްޓަރުކަން ކިޔަވައިދޭ ފޮތްތަކުގެ ޞަފްޙާތަކަށް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ
ކޮރޯނާގެ ސަބަބުން ރަސޫލް ޞޢވ ގެ ހަދީޘްފުޅުތައް މިޤަރުނުގެ މެޑިކަލް ޑޮކްޓަރުކަން ކިޔަވައިދޭ ފޮތްތަކުގެ ޞަފްޙާތަކަށް!

ކޮރޯނާ ވައިރަސް އައި ގޮތަށް އައިސް އެތައް ގޮތަކުން އިސްލާމް ދީނުގެ މަތިވެރިކަން މުޅި ދުނިޔެއަށް އަންގައިދީފިއެވެ. އެގޮތުން ދުނިޔޭގެ އެންމެ ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނު އެއް ކަމަކީ ކަރަންޓީނުކުރުމާއި ބެހޭ ގޮތުން ރަސޫލް (ޞޢވ) ކުރައްވަވާފައި އޮތް ހަދީޘްފުޅެވެ! 

ބަލި ފެތުރޭނަމަ އެ ތަނަކަށް ނުދިއުމަށާއި އެތަނެއްގައި ތިބި ބައަކު އެތަނަކުން ބޭރުނުވުމަށް ރަސޫލް (ޞޢވ) ކުރައްވާފައިވާ ހަދީޘްފުޅު ނަގައިގެން އެންމެން ވެސް ކުރަނީ އެ ޙަދީޡްފުޅު ކުރިއެރުވުމުގެ މަސައްކަތެވެ. މަސައްކަތްކުރަނީ އަދިވެސް އިތުރަށް އެ ހަދީޘްފުޅު ޕޮލިސްކޮށް އަލިގަދަކުރެވޭތޯއެވެ! 

މީގެ 1400 އަހަރުގެ ކުރިން ކުރައްވަވާފައިވާ އެ ޙަދީޘްފުޅުގައި ބަޔާންކުރައްވަވާފައިވަނީ ބަލިޖެހުމުން ނުވަތަ ބަލީގެ ޢަލާމާތްތައް ފެނުމުން ކަރަންޓީނުވުމަކަށް ނޫނެވެ. އެތަނެއްގައި ބަލިފެތުރެމުންދާނަމަ ގަދަވެ ސަލާމަތުން ތިބި މީހުންވެސް ކަރަންޓީނުވުމަށެވެ. 

މީގެ އިތުރުން ޢާންމު ޙާލަތުގައިވެސް އެމީހަކީ އެހެން މީހުންގެ ގައަށް އަރައިދާނެ ފަދަ ބައްޔެއްގައި އުޅޭ މީހަކު ނަމަ ގަދަވެ ސަލާމަތުން ތިބޭ މީހުންގެ ތެރެއަށް ނުކުމެ މަސްހުނި ނުވުމަށްވެސް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. 

މި ޤަރުނުގެ ޑޮކްޓަރުންގެ ސަމާލުކަމަށް މި ހަދީޘްފުޅުތައް މިއައީ ކޮރޯނާ ވައިރަސް އާއި ގުޅިގެންނެވެ. މުސްލިމް ނޫން ޤައުމުތަކުގެ ވެރިންގެ ސަމާލުކަމަށް އެކަންކަން އައީ ވެސް ކޮރޯނާ ވައިރަސް ފެތުރމާއި ގުޅިގެންނެވެ. 

ނަތީޖާއެއްގެ ގޮތުން އެމެރިކާ ސްޕޭން، އިޓަލީ، ޖަރުމަން، އަޔަލަންޑް ފަދަ އެތައް ޤައުމެއްގެ ސަރުކާރުތަކުން މިހާރު ގެންދަނީ ރަސޫލް (ޞޢވ) ގެ ހަދީޘްފުޅުތައް ލިޔެ ބޮޑެތި ބިލްބޯޑުތައް ހަދައި މަގުމަތީގައި ބަހައްޓައި އިޝްތިހާރުކުރަމުންނެވެ! 

އެވަރަކުންވެސް އަދި ނުފުދުނެވެ! މެޑިކަލް ޑޮކްޓަރުކަން ކިޔަވައިދޭން ދެން ޝާއިޢުކުރެވޭ ފޮތްތަކުގެ ޞަފްޙާތަކުގައި ޙަދީޘްފުޅުތައް އަތުރައިލަން މިހާރު އެދަނީ ތައްޔާރުވަމުންނެވެ! ކޮވިޑްގެ ވަބާއިން އަރައިގަނެވި މެޑިކަލް ކޮލެޖުތައް ހުޅުވި ހިނގައިގަންނައިރު އަތްމައްޗަށް ލިބޭ ހޭންޑް އައުޓްސްގައި ޙަދީޘްފުޅުތައް ހުންނާނެ ކަމަށްވެސް މިހާރު ވަނީ ބެލެވިފައެވެ. 

ﷲ ތަޢާލާ އެކަލާނގެ ދީން މަތިވެރިކުރައްވަވާނެތެވެ! އެކަމަށް ހުރަހެއްވެސް ނޭޅޭނެއެވެ! ނުވެސް ހުއްޓުވޭނެއެވެ. "ކުން" އިން ނުނިމޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! މާނައަކީ "ކުން – ފަޔަކޫން، ވާށޭ! ވަޙީ ކުރެއްވެވުމުން އެކަމެއް ނުވެ ހިނދުޅެއްވެސް ލަސް ނުވާނެ ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން