އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ރޭގަނޑު ކިޔަވަން ހުރި ސޫރަތްތައް ކިޔަވާ މީހުންނެވެ. އެގޮތުން ސަޖިދަ ސޫރަތާއި ވާޤިޢާ ސޫރަތާއި ތަބާރަ ސޫރަތް ފަދަ ސޫރަތްތައް ކޮންމެ ރެއަކުވެސް ގިނަ ބައަކު އަބަދުވެސް ކިޔަވައެވެ.
ވީމާ ރަމަޟާންމަހު ކުރާ ރޭއަޅުކަމުގެ ތެރެއިން ކުރާ ތަރާވީޙް ނަމާދާއި ތަހައްޖުދު ނަމާދުގެ ރަކްޢަތްތަކުގައި މި ސޫރަތްތައް ކިޔެވި ނަމަވެސް ސޫރަތް ކިޔެވިކަމަށްވާނެއެވެ. މާނައަކީ އެއިރުން ރަކްއަތުގައި ކިޔެވިކަމަށްވެސްވެ އަދި ރޭގަނޑު ކިޔެވި ކަމަށްވެސްވާނެއެވެ.
ހިތުން ކިޔަވަން ނުދަންނަ މީހާ މުޞްޙަފް ނުވަތަ ފޯނު ބަލައިގެންވެސް ނަމާދުގައި ސޫރަތްތައް ކިޔެވިދާނެއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޢާންމުކޮށް ސަޖިދަ ސޫރަތާއި ތަބާރަ ސޫރަތް ކިޔަވާ މީހަކަށް ތަރާވީޙްގެ ނުވަތަ ދަނުނަމާދުގެ ފުރަތަމަ ރަކްޢަތުގައި މި 2 ސޫރަތުންކުރެ ސޫރަތެއް މެދުމިނުގައި ކިޔަވައި 2 ވަނަ ރަކްއަތުގައި އިޚްލާޞް ސޫރަތް ކިޔަވައިގެން ކުރާނަމަ 10 މިނިޓުން 2 ރަކްޢަތް ކުރެވޭނެއެވެ!