ކޮރޯނާއަށް ޕޮޒިޓިވްވި މާބަނޑު މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 52ސ
ކޮރޯނާއަށް ޕޮޒިޓިވްވި މާބަނޑު މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފި

އައިޖީއެމް ހޮސްޕިޓަލަށް ވިހަން ގެންގޮސްފައިވަނިކޮށް މިއަދު ކޮރޯނާ އަށް ޕޮޒިޓިވްވި މާބަނޑު އަންހެން މީހާ ކޮރޯނާއަށް ފަރުވާ ދޭން ހަމަޖައްސާފައިވާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުން އޭނާ ޕޮޒިޓިވްވިކަން އެނގުނީ އައިޖީއެމްއެޗަށް ގެންދާ އެންމެން ކޮރޯނާއަށް ޓެސްޓްކުރަމުން ގެންދާ އުޞޫލުގެތެރެއިން ކުރި ޓެސްޓުގެ ނަތީޖާ ލިބުމުންނެވެ. 

ކޮރޯނާއަށް ޕޮޒިޓިވްވާ މާބަނޑު އަންހެނުން ވިހެއުމާއި ގުޅޭގޮތުން ޑރ. އަސީލް ޖަލީލް ވިދާޅުވެފައިވަނީ ކޮރޯނާއަށް ޕޮޒިޓިވްވާ މާބަނޑު އަންހެނަކު ވިހައިފިނަމަ ދަރިފުޅު ބާއްވާނީ މައިމީހާ އާއި ވަކިން ކަމަށެވެ. ގާތުން ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ޢާއިލާ އާއި މަޝްވަރާކޮށް ޢާއިލާއިން އެދޭ ގޮތަކަށް ކަމަށެވެ. 

ވިހެއިތާ 30 ގަޑިއިރުގެ ތެރޭގައި ވެސް ކުއްޖަކު ވަނީ ކޮރޯނާއަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން މާބަނޑު އަންހެނުން ރައްކައުތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރަންޖެހޭކަން ޑޮކްޓަރުން ގެންދަނީ ފާހަގަކުރަމުންނެވެ. 

މީގެ ކުރިން ވަނީ ށ. ނަރުދޫ އިންވެސް މާބަނޑު އަންހެނަކު ޕޮޒިޓިވްވެފައެވެ.

މިއަދު އޮންލައިން