މަޝްހޫރު ދީނީ ޢިލްމުވެެރިޔާ މުޙައްމަދު އިޔާޛް އަބްދުއްލަތީފު އަށް މީހަޖު ފޮނުވި ސުވާލެއްގައިވެއެވެ.
ސ. ޖިންނީން ރަމަޟާން މަހުގައި ކަސްދޮޅު އެޅުވިފައިވާ ކަމުގެ ދަލީލަކީ ކޮބާ ހެއްޔެވެ؟
ޖަވާބުގައި ޑރ. އިޔާޛު ވިދާޅުވެފައިވެއެވެ.
"ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
(إِذَا جَاءَ رَمَضَانُ ، فُتِّحَتْ أَبْوَابُ الْجَنَّةِ وَغُلِّقَتْ أَبْوَابُ النَّارِ ، وَصُفِّدَتِ الشَّيَاطِينُ )
މާނައަކީ: "ރަމަޟާން މަސް އަތުވެއްޖެނަމަ، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުންތައް ކަސްތޮޅު އެޅުވެއެވެ."
އިތުރު 2 ސުވާލާއި ޖަވާބު:
ސ. ރޯދަ މަސް ތެރޭގައި ޕީރިއަޑް ވެއްޖެނަމަ ދެން އެންމެ ރަނގަޅަށް އަޅުކަމުގެ ސަވާބާއި ދަރުމަ ހޯދުމަށް ކަންތައްތައް ކުރާނީ ކިހިނެއް؟
ޖ. މުސްޙަފެއްގަ އަތް ނުލާ ޤުރްއާން ކިޔެވިދާނެ، ޛިކްރުތައް ކީދާނެ. މީސްތަކުންނަށް ހެޔޮ ފޯރު ކޮށްދެވިދާނެ.
ސ. ރޯދަ މަހު ފަތިސް ނަމާދު ފަހުން (ފަތިސް ނަމާދަށް ބަންގި ގޮވިކަން ނޭނގި) ފިރިމީހާ އެއްދާން ކުރަން ބޭނުން ވެގެން، އެއްދާން ކޮށްދިނަމަ އެދުވަހުގެ ރޯދަ ސައްޙަވާނެތޯ؟ މިކަމުގަ ދެން ކަންތައް ކުރަން ޖެހޭނީ ކިހިނެއްތޯ؟
ޖ. ރޯދަ ބާތިލް ވާނެ. ތައުބާވެ އެރޯދާ ޤަޟާ ކުރަން ޖެހޭނީ. އަދި ކައްފާރާ އެއްގެ ގޮތުން ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފަން ޖެހޭނެ!