އަށާވީސް އަހަރަށްފަހު ޢަބްދުއްރާޒިޤް މިޔުޒިކް ދޫކޮށްލީ ލިބުނު ފައިދާއެއް ނެތުމުން - އާޚިރަތް ހޯދުމުގެ ބޭނުމުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
އަށާވީސް އަހަރަށްފަހު ޢަބްދުއްރާޒިޤް މިޔުޒިކް ދޫކޮށްލީ ލިބުނު ފައިދާއެއް ނެތުމުން - އާޚިރަތް ހޯދުމުގެ ބޭނުމުގަ!

އަހަރެން ބޮޑުބެރާއި މިޔުޒިކް ކުޅެން ފެށީ ސްކޫލް ދައުރުގައެވެ. ސްކޫލް ނިންމާފައި ނުކުމެ ފުރަތަމަވެސް ކުރަންފެށި މަސައްކަތަކީ މިޔުޒިކް ކުޅުމެވެ. ރ. މީދޫ ފަރުމާ ގްރޫޕުގައާއި ހަބޭސް ބޮޑުބެރު ގްރޫޕުގަ އާއި އަދި އެމްއެންޑީއެފް މިޔުޒިކް ގްރޫޕުގައި ވެސް މަސައްކަތްކުރީމެވެ. 2017 ވަނަ އަހަރު "ވޮއިސް އޮފް އެމްއެންޑީއެފް"ގެ އެވޯޑްވެސް ލިބުނެވެ.  

މިޔުޒިކް ކުޅުމާއި ދުރަށް ދިއުމުގެ މަސައްކަތް ފެށީ 28 ވަރަކަށް އަހަރު މިޔުޒިކާއިއެކު އުޅުމަށްފަހު މިދިއަ އަހަރުގެ މާރިޗް މަސް ހައިތަނުގައެވެ. މިއަދުނޫހުން ކުރިން ސުވާލުކުރުމުން ވަކި ޖަވާބެއް ނުދިނީ ފަހަރެއްގައިވެސް އެނބުރި މިޔުޒިކް ކުޅެން ދެވިދާނެ ކަމުގެ ޝައްކުމަރީގައި ހުރުމުންނެވެ.

އަހަރެންނަކީ ލަވަކިޔުމާއި ބޮޑުބެރު ޖެހުމުގަ ވަގުތުތައް ހޭދަކުރަމުން އައި ޒުވާނަކީމެވެ. ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ކަންކަންވެސް ކުރިމަތިވަމުން އައީ އެދުވަސްވަރުއެވެ. އެދުވަސްވަރު އަހަރެން ހީކުރީ ކާމިޔާބު މީހަކީ އެގޮތުގައި ކުރިއަށްދާ މީހެއް ކަމަށެވެ. އެހެން ނަމަވެސް ހިތަށް ނުތަނަވަސްކަން އަންނަ ކޮންމެ ފަހަރަކު މިއީ ކުރަން އެންމެ ރަނގަޅު ކަންތައް ކަމާއިމެދު އައީ ސުވާލު އުފެދެމުންނެވެ.  

ޒުވާން އުމުރު މިހެންބާވައޭ ހޭދަކޮށްލަންވީ؟ ނަތީޖާޢަކަށްވީ މިކުރެވެނީ ބޭކާރު ކަމެއްކަން ވިސްނެން ފެށުމެވެ. ނަތީޖާއަކަށްވީ މިޔުޒިކް ކުޅުން ހުއްޓައިލެވުމެވެ. އެކަން ކާމިޔާބުވެސް ކުރެވުނެވެ. އެކަން ކުރެވުނީ ނަމާދުތަކަށް ފަރުވާތެރިވެގެން އުޅެން ފެށުމުންނެވެ.  

އެހިސާބުން އަމިއްލަ ނަފްސާއި ވަރަށް ގިނަ ސުވާލުތައް ކުރެވެން ފެށިއެވެ. މިސާލަކަށް އިސްލާމް ދީން ހުއްދަ ނުކުރާ ކަމެއް އެއީ ޘަޤާފަތެއް ކަމުގައި ހަދައިގެން ރާއްޖޭގައި ކުރަމުން މިގެންދާ ސަބަބާއިމެދު ވެސް ސުވާލުއުފެދުނެވެ.  

މިޔުޒިކް ކުޅުމުގައި އުޅުނުއިރުވެސް ދިއައީ ދީނީ ޢިލްމުވެރިންނާއި މަޝްވަރާކުރަމުންނެވެ. ދީނީ ޢިލްމުވެރިންނާއި ކުރެވުނު މަޝްވަރާތަކުން އެނގުނީ އަހަރެންނަށް ކުރެވެމުން އައީ މޮޔަކަމެއް ކަމުގައެވެ. އެނގުނީ މިކުރެވެނީ އަމިއްލައަށް ގެއްލުންހުރި ކަމެއް ކަމެއްކަމެވެ. މިކުރެވޭ ކަމަކީ ބައަކު އުފާކޮށްދިނުން ކަމެވެ. އަދި އެކަމުގެ ސަބަބުން އިސްލާމް ދީނާއި ދުރުކުރުވާކަމެވެ.  

އަދި އެހަޔާތް އަހަރެންނަށް ޤަބޫލުކުރެވެން ފެށީ އަދި ލިބުނު އެވޯޑްތަކާއިމެދު ޤަބޫލުކުރެވެން ފެށީ އަހަރެންނަށް އާޚިރަތުގައި އެއްވެސް ފައިދާއެއް ނުކުރާނެ އެއްޗެތި ކަމުގައެވެ. އެހިސާބުން މިޔުޒިކާއި ލަވައިން ހާސްކަން ލިބެންފެށިއެވެ. ދުވަހެއް ދުވަހަކަށް އައީ ހާސްކަން އިތުރުވަމުންނެވެ.  

މިޔުޒިކް ކުޅެގެން ލިބުނު ފައިސާ ފެންނާކަށް ނެތެވެ. ލިބުނު ފައިދާއެއްވެސް ފެންނާކަށް ނެތެވެ.

އެހިސާބުން މިޔުޒިކް ކުޅުން ހުއްޓާލަންވެސް މަސައްކަތްކުރަމުންނެވެ.  

އެ ހާސްކަމާއި ހިތްދަތިކަމުން ސަލާމަތްވެވި ﷲ ގެ މަގަށް ހިދާޔަތު ދެއްކެވި ކަމަށްޓައި ﷲ އަށް ޙަމްދުކުރާ ޙާލު ބުނެލަން ބޭނުންވަނީ ޘަޤާފަތެއް ނަމަވެސް މިޔުޒިކް ކުޅުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ! މިޔުޒިކް ކުޅޭ އެންމެންވެސް އިތުރަށް ވިސްނާލައި އާޚިރަތް ދުވަސް ލިބިގަތުމަށް މަސައްކަތްކުރުން ބުއްދިވެރި ކަމަށެވެ.  

މިއީ ޢަބްދުއްރާޒިޤް ޢަލީ މިއަދުނޫހަށް ދެއްވި މައުލޫމާތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. މިއަދު އޭނާއަކީ އެހެން މީހުންނަށް ވެސް ހެޔޮ ޢަމަލުކުރަން ނަޞޭޙަތް ދެމުން ގެންދާ ޒުވާނެކެވެ.   

ޢަބްދުއްރާޒިޤް ބުނީ މިޔުޒިކާއި ދުރުވުމުން މަގުމަތިން ފެނިގެން "މިހިރަދަނީ ޝައިޚެއް" ކަމަށް ވެސް ބައެއްމީހުން ބުނި ކަމަށެވެ. މަލާމާތާއި ފުރައްސާރަކުރި ކަމަށެވެ. ނަމަވެސް ހިތްވަރުކޮށްލާފައި ﷲ ގެ މަގުގައި ސާބިތުވާން މަސައްކަތްކުރީ ކަމަށެވެ.   

"އަޅުގަނޑުގެ ފަރާތުން ކުށެއް ކުރެވިފައިވާނަމަ މަޢާފްކުރާށެވެ.

އެއްވެސް މީހަކު ހިތްހަމަ ނުޖެހޭ ބަހެއް ބުނެވިފައިވާނަމަ، އަދި އެނގުމާއި ނޭނގުމެއްގެ ތެރެއިންވެސް އެފަދަ ކަމެއް ކުރެވިފައި ވާނަމަ ނިހާޔަތަށް މަޢާފަށް އެދެމެވެ.
އަޅުގަނޑުގެ ތާއަބަދުގެ ދުޢާއަކީ އަޅުގަނޑާއި އަދި ތިޔަ އެންމެހާ އަޚުންނާއި އުޚުތުންނަށް الله ގެ ފަޟްލުވަންތަކަމުން ހިދާޔަތު ދައްކަވާ އެ މަގުގައި ފައިތިލަތައް ސާބިތުކޮށްދެއްވުމެވެ. ހަމަ ޔަޤީނުންވެސް އެކަލާނގެ ކިޔަމަންތެރި އަޅުން މާޔޫސްވެ ނިކަމެތިވިޔަ ނުދޭނެކަން ކަށަވަރު!"  

މިއީ ޢަބްދުއްރާޒިޤް ޢަލީ އޭނާގެ ފޭސް ބުކްގައި ކުރައްވާފައިވާ ޕޯސްޓެކެވެ.

 

މިއަދު އޮންލައިން