ކުރިއަށް އޮތް 2 ހަފްތާ ތެރޭ ގިނަ ބައަކު ޕޮޒިޓިވްވެދާނެ! އުންމީދަކީ އަދަދު މަދުވުން!: މަބްރޫކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ކުރިއަށް އޮތް 2 ހަފްތާ ތެރޭ ގިނަ ބައަކު ޕޮޒިޓިވްވެދާނެ! އުންމީދަކީ އަދަދު މަދުވުން!: މަބްރޫކް

ކުރެވިފައިވާ އަންދާޒާތަކަށް ބަލާއިރު ކުރިއަށް އޮތް 2 ހަފްތާތެރޭގައި ކޮރޯނާއަށް އިތުރު ގިނަ ބައަކު ޕޮޒިޓިވްވެދާނެ ކަމަށާއި ނަމަވެސް އުންމީދަކީ ވީހައި މަދުބައަކު ޕޮޒިޓިވްވުން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

މަބްރޫކް މިރޭ ވިދާޅުވީ މިއީ މިހާރުގެ އަދަދުތަކަށް ބަލައި ކުރެވޭ ހަމައެކަނި އަންދާޒާއެއް ކަމަށާއި ކޮރޯނާއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ. 

ރޭގެ ޕްރެސް އިން ފެށިގެން މިރޭގެ ޕްރެސްއަށް (10 އިން 10އަށް) 28 މީހަކު ކޮރޯނާއަށް އިތުރަށް ޕޮޒިޓިވްވެ ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 573 އަށް އަރައިފިއެވެ. 2 މީހަކަށް ފަރުވާދެމުން ގެންދަނީ ވެންޓިލޭޓަރުގައެވެ. 

ކޮރޯނާޢަށް ޕޮޒިޓިވްވި އިތުރު 2 މީހަކަށް މިހާރު ބަލިން ޝިފާ ލިބިފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

 

 

މިއަދު އޮންލައިން