ރާއްޖޭގަ ތިބި އިންޑިއާގެ ޑޮކްޓަރުންނާ ނަރުހުން ރާއްޖޭގަ މަޑުކޮށްދިނުމަށް ސަރުކާރުން އެދިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ރާއްޖޭގަ ތިބި އިންޑިއާގެ ޑޮކްޓަރުންނާ ނަރުހުން ރާއްޖޭގަ މަޑުކޮށްދިނުމަށް ސަރުކާރުން އެދިއްޖެ!

ރާއްޖޭގައި ޚިދުމަތްކުރަމުން ގެންދާ އިންޑިއާގެ ޑޮކްޓަރުންނާއި ނަރުހުން ރާއްޖޭގައި މަޑުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ. 

މަބްރޫކް މިމޭރުމުން ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ މީހުން ބަލާ އަންނަ ދެ މަނަވަރު މިހާރު ރާއްޖެއަށް ދަތުރުކުރާއިރު ފުރަތަމަ ބުރުގައިވެސް 700 މީހުން ގެންދަން ހަމަޖެހިފައިވާކަން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފައިވަނިކޮށެވެ. 

މަބްރޫކް ވިދާޅުވީ ފުރާ މީހުންގެ ލިސްޓް ހަމަޖެއްސުމުގެ ކަންކަން ކުރަމުން ގެންދަނީ ދިވެހި ޚާރިޖިއްޔާ އާއި އިންޑިއާ ހައިކޮމިޝަން ގުޅިގެން ކަމަށެވެ.  

ކޮވިޑް އާއި ގުޅިގެން ރާއްޖެ އައި އިންޑިއާ ޓީމް ވަނީ ރާއްޖޭގައި ކޮރޯނާ ފެތުރިގަތްއިރުވެސް ފުރާފައިކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެހެންކަމުން ބެލެވެނީ މިހާރު ރާއްޖޭގައި ތިބޭނީ ސަރުކާރާއި އެއްބަސްވުމެއްގެދަށުން މަސައްކަތްކުރާ މުވައްޒިފުން ކަމަށެވެ.

މިއަދު އޮންލައިން