ބަންގްލަދޭޝް މީހާ ނިޔާވީ ކޮވިޑުން ކަމަކަށް ނުނިންމޭނެ!: ފައިޞަލް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 51ސ
ބަންގްލަދޭޝް މީހާ ނިޔާވީ ކޮވިޑުން ކަމަކަށް ނުނިންމޭނެ!: ފައިޞަލް

މިއަދު ނިޔާވި 33 އަހަރުގެ ބަންގްލަދޭޝް މީހާ ނިޔާވީ ކޮވިޑު ޖެހިގެން ކަމަށް ނުބެލެވޭނެ ކަމަށާއި ނަމަވެސް އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ޑަބްލިޔޫއެޗްއޯ ޕްރޮޓޮކޯލްގެ ތެރެއިން ބެލެވޭނީ ކޮވިޑް އާއި ގުޅުން ހުރި މީހަކު ކަމަށް ކަމުގައި ޑރ. ފައިޞަލް ވިދާޅުވެއްޖެއެވެ. 

މިއަދުގެ ބައްދަލުވުމުގައި ޑރ. މޫސާ ހުސެއިން ވިދާޅުވީ އޭނާގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ކަމަށެވެ. "އޭނާ ނިޔާވީ ސިކުނޑީގެ ލޭހޮޅިއެއް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭއެޅިގެން. ދެ ފަހަރު ހާޓް އެޓޭކް ވެސް ޖެހުނު. ވެންޓިލޭޓަރަށް ވެސް ލިން" ކަމަށާއި ފުރާނަ ގެއްލިގެން ދިއައީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި" 

މޫސާ ޙުސައިން ސިކުނޑީގެ ލޭހޮޅި ފަޅައިގެން ދިއައީ ކުރިންވެސް ހުރި ބައްޔެއްގެ ސަބަބުން ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެންކަމުން އޭނާ ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް މަރުވީ ކޮވިޑް ޖެހިގެން ކަމަށް ނުބެލެވޭނެ ކަމަށެވެ. 

މަރުވި މީހާ ރާއްޖޭގައި ވަޅުލަން އޭނާގެ ޢާއިލާއިން އެދިފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވިއެވެ.

މިއަދު އޮންލައިން