ރައީސް ޞާލިޙްގެ އިލްތިމާސް!: ބަލިން ސަލާމަތްކޮށްދެއްވެވުންއެދި ދުޢާ ކުރުން ގިނަކުރައްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ރައީސް ޞާލިޙްގެ އިލްތިމާސް!: ބަލިން ސަލާމަތްކޮށްދެއްވެވުންއެދި ދުޢާ ކުރުން ގިނަކުރައްވާ!

ރަމަޟާން މަހުގެ މި ބަރަކާތްތެރި ދުވަސްތަކާއި ރޭތަކުގެ ބޭނުން އަޅުގަނޑުމެން ހިފަންވީ، މި ބައްޔާ ދެކޮޅަށް އަޅުގަނޑުމެން އެންމެން އެކުގައި މިކުރާ މަސައްކަތް ކާމިޔާބު ކޮށްދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ދުޢާ ދެންނެވުމުގައި. ކަމަށް ވިދާޅުވެ އެންމެންވެސް ވީހައި ގިނައިން ދުޢާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ. 

ޤައުމާއި މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ މާތްﷲގެ އޯގާވަންތަކަމާއި އެކަލާނގެ މަދަދާއެކު، އަޅުގަނޑުމެންނަށް މިކަމުގައި ކާމިޔާބާއި ނަޞްރު ލިބޭނެ ކަމަށެވެ. 

"އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ވީއެންމެ އަވަހަކަށް ރާއްޖެއިން މި ބަލި ނެތިގޮސް، އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމާއިގެން ނޭވާލާން ފެށުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. 

މި ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ ނަސީބު މިންވަރު ކުރައްވައި، ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި ކެތްތެރިކަމާއި ސާބިތުކަން ހަރުލެއްވުން އެދި ދުޢާ ކުރަމުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه"

މިއަދު އޮންލައިން