ކޮވިޑަށް ޕޮޒިޓިވްވި ދިވެހިންގެ ދެގުނަ ބޭރުމީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ކޮވިޑަށް ޕޮޒިޓިވްވި ދިވެހިންގެ ދެގުނަ ބޭރުމީހުން!

ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 181 ދިވަހިންނާއި 346 ބިދޭސީންކަމަށް ބުނެފިއެވެ. ރާއްޖެއިން މިހައިތަނަށް 527 މީހުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު މިހާރު ފަރުވާ ދެމުން ގެންދަނީ 506 މީހަކަށެވެ.

މިއަދުގެ މިހައިތަނަށް 212 ސާމްޕަލްގެ ނަތީޖާ އަދި ނުލިބި ހުރުމުން ބައެއް ދުވަސް ދުވަހު މަދުން ޕޮޒިޓިވްވުމަކީ ބަލިޖެހޭ މީހުންގެ އަދަދު މަދުވުން ނޫންކަން މިރޭ ވެސް ޑރ. އަފްޒަލް ވަނީ ފާހަގަކުރައްވައިފައެވެ.

މިހައި ގިނަ އަދަދެއްގެ ބިދޭސީން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ފުނިފުންޏަށް ކުދިކުދި ޖާގަތަކުގައި ދިރިއުޅެން ޖެހިފައިވުމުން ކަމަށްވާތީ އެކަން ޙައްލުކުރަން މިހާރު ސަރުކާރުން ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު އޮންލައިން