ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 88 އަހަރުގެ މީހަކު މިއަދު ވެންޓިލޭޓަރަށް ލާފައިވާ ކަމަށާއި ވެންޓިލޭޓަރަށް ލީފަހުން އޭނާގެ ޙާލަތު އިތުރަށް ގޯސްވަމުން ނުދާކަމަށް ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އޭނާ ވެންޓިލޭޓަރަށް ލީ ދަވަ ހެދުމުން ހަށިގަނޑަށް އޮކްސިޖަން ފޮނުވައިދޭ މިންވަރު މަދުވެގެން ކަމަށާއި ޑީއެޗް 11 ގައި ތިބި 6 މީހުންގެ ތެރެއިން 2 މީހަކަށް އޮކްސިޖަން ދެމުން ގެންދާ ކަމަށެވެ. ވެންޓިލޭޓަރުގައި އޮތް މީހާ ފިޔަވައި އެންމެންގެ ޙާލުވެސް ސްޓޭބަލް ކަމަށެވެ.
ޑީއެޗް 11 ގައި ތިބި މީހުންގެ ތެރޭގައި 48 އަހަރުގެ ޕާކިސްތާނު މީހަކާއި 70 އަހަރުގެ މީހަކު ހިމެނޭއިރު ދެން ތިބީ އުމުރުން 80 އަހަރުން މަތީގެ މީހުންނެވެ.