ރާއްޖެއިން ކޮރޯނާވައިރަސް ޖެހުނު މީހަކު ރަނގަޅުވެއްޖެއެވެ.
މިކަމާގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ކޮރޯނާވައިރަސް އަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން އިތުރު މީހަކު ރަނގަޅުވެފައިވާ ކަމަށެވެ.
މިހާރު ރާއްޖެއިން މި ބަލިން ރަނގަޅުވީ މީހުންގެ އަދަދަކީ 18 އެވެ.
ރާއްޖޭން ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހުން ގެ އަދަދަކީ 519 އެވެ. މީގެ ތެރޭގައި ހިމެނެނީ 178 ދިވެހިންނާއި ބަންގްލާދޭޝްގެ 265 މީހަކާއި އިންޑިއާގެ 52 މީހަކާއި އަދި ސްރީ ލަންކާގެ 3 މީހެއްގެ އިތުރުން އެކި ގައުމުތަކުގެ 21 މީހެކެވެ.
