"ތިމަން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަޅުތަކުންނަކީ ރޯދަ ވީއްލުން އަވަސްކުރާ މީހުންނެވެ.": ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
"ތިމަން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަޅުތަކުންނަކީ ރޯދަ ވީއްލުން އަވަސްކުރާ މީހުންނެވެ.": ޙަދީޘް

އިރުއޮއްސިއްޖެކަން އެނގުމުން ސުންނަތްވެގެންވާ ގޮތަކީ އަވަހަށް ރޯދަ ވީއްލުމެވެ. އެއީ އިރުއޮއްސޭތަން ލޮލަށް ފެނުން ނުވަތަ އިތުބާރު ހުރި ފަރާތަކުން މަޣްރިބް ނަމާދަށް ބަންގިގޮވާއަޑު އިވުމެވެ. 

ޙަދީޘްފުޅުގައި އޮތީ "މީސްތަކުން ރޯދަވީއްލުން އަވަސްކުރިވަރަކަށް އެބައިމީހުން އެވަނީ ހެޔޮކަމުގެ މަތީގައެވެ. 

ޤުދްސިއްޔަ ޙަދީޘްފުޅެއްގައި ނަބިއްޔާ (ޞޢވ) ﷲ ތަޢާލާގެ ޙަޟްރަތުން ރިވާކުރައްވަވާފައިވެއެވެ. "ތިމަން ﷲ ގެ އަޅުތަކުންގެ ތެރެއިން ތިމަން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަޅުތަކުންނަކީ ރޯދަ ވީއްލުން އަވަސްކުރާ މީހުންނެވެ." 

ރޯދަވީއްލުން އެންމެ ބޮޑަށް އެދެވިގެންވަނީ ރޯކަދުރުންނެވެ. ރޯކަދުރު ނުލިބިއްޖެނަމަ އާދައިގެ ކަދުރެވެ. އާދައިގެ ކަދުރު ވެސް ނުލިބިއްޖެ ނަމަ ފެންބުއިމެވެ. އެވެސް ނުލިބިއްޖެ ނަމަ އެމީހަކަށް ލިބުނު އެއްޗަކުންނެވެ. ނުވަތަ ކާނެ އެއްޗެއް ބޯނެ އެއްޗެއް އެވަގުތު ނުލިބިއްޖެ ނަމަ ރޯދަ ވީއްލައިފިން ކަމަށް ނިޔަތް ގަތުމުން ރޯދަ ވީއްލުނީއެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވި ޚާއްޞަ ދަރުސަކުން 

ދަރުސްގެ ވީޑިއޯ: 

މިއަދު އޮންލައިން