ކޮވިޑް އާއި ގުޅިގެން އެމެރިކާއިން ރާއްޖެއަށް 2 މިލިއަން ޑޮލަރު ދީފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ކޮވިޑް އާއި ގުޅިގެން އެމެރިކާއިން ރާއްޖެއަށް 2 މިލިއަން ޑޮލަރު ދީފި!

ކޮވިޑް19 އާއި ގުޅިގެން އެމެރިކާއިން ރާއްޖެއަށް 2 މިލިއަން ޑޮލަރު ދީފިއެވެ.

މިކަމާގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިކޮނޮމިކް ސަޕޯޓް ފަންޑިއެއްގެ ގޮތުގައި އެމެރިކާއިން ރާއްޖެއަށް ދޭން ހަމަޖެއްސި ދެ މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.

މިއެހީއާ ގުޅިގެން އެމެރިކާ ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ އަށާއި، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްސްއަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާ ކުރައްވާއެވެ. 

މިއަދު އޮންލައިން