ބަންގްލަދޭޝްގެ 72 މީހަކު ކޮރޯނާވައިރަސް އަށް މިރޭ ޕޮޒިޓިވްވެއްޖެއެވެ.
މިކަމާގުޅިގެން އެޗްޕީއޭ އިން ބުނެފައިވަނީ އަލަށް ޕޮޒިޓިވްވި 72 މީހުންނަކީ ވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން ކަމަށެވެ. ރާއްޖެ އިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ވެސް ބަންގްލަދޭޝް މީހުންނެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 468 އަށް އަރާފައެވެ. އިއްޔެ އެކަނިވެސް 119 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.
މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 17 މީހަކު ވަނީ ރަނގަޅު ވެފައެވެ.