ނިޔާވި މީހާގެ ފިރިމީހާ ވެސް ޕޮޒިޓިވް! ޙާލު އަދި ރަނގަޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
ނިޔާވި މީހާގެ ފިރިމީހާ ވެސް ޕޮޒިޓިވް! ޙާލު އަދި ރަނގަޅު!

ކޮރޯނާ ވައިރަސް ޖެހިގެން ރޭ ނިޔާވި މީހާގެ ފިރިމީހާ ވެސް ކޮރޯނާ އަށް ކޮޕޮޒިޓިވް ކަމަށާއި އޭނާގެ ޙާލު މިވަގުތު ރަނގަޅު ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ނިޔާވި މީހާގެ ފިރިކަލުން ވެސް ވަނީ ކޮރޯނާއަށް ޕޮޒިޓިވް ވެފައިވުމުން ފަރުވާ ދެމުން ގެންދަނީ ޑީއެޗް 11 ގައި ކަމަށާއި މިއަދުގެ ވަގުތެއްގައި ނޭވާލާން އުނދަގޫވެގެން ވެސް އުޅުނު ކަމަށެވެ. ނަމަވެސް މިހާރު ޙާލު ރަނގަޅު ކަމަށެވެ.

މަބްރޫކް ވިދާޅުވީ ރޭ ނިޔާވި މީހާވެސް ކުރީ ތަޔައްމަމް ކަމަށާއި ބަލީގައި މަރުވާ މީހުންނާއި ޝއްކުކުރެވޭ މީހުން ކުރާނީ ތަޔައްމަމް ކަމަށެވެ. އަދި މަރުވާ މީހުންނާއިމެދު އެކަން ކުރާނެ ގޮތްތައް ވަނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައި ކަމަށެވެ.

މިއަދު އޮންލައިން