ލިލީ އިންޓިނަރނޭޝަނަލްގެ ޚާއްޞަ އިލްތިމާސެއް! އެންމެ ފަހު މީހާ އާ ޖެހެން ދެންވެސް ޚިދުމަތުގަ ދެމިތިބޭނަން! މުދާ ފޯރުކޮށްދިނީމަ ބޮޑު އަގުގަ ނުވިއްކާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ލިލީ އިންޓިނަރނޭޝަނަލްގެ ޚާއްޞަ އިލްތިމާސެއް! އެންމެ ފަހު މީހާ އާ ޖެހެން ދެންވެސް ޚިދުމަތުގަ ދެމިތިބޭނަން! މުދާ ފޯރުކޮށްދިނީމަ ބޮޑު އަގުގަ ނުވިއްކާ!

އެންމެފަހު މީހާއާއި ޖެހެންދެން މުދައު ހުރިވަރަކުން އޯޑަރުތައް ނެގުމާއި ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށްވެސް ލިލީ އިންޓަރނޭޝަނަލް އިން ބުނެފިއެވެ.

ހަމަ އެއާއިއެކު އެކުންފުނިން ބުނެފައިވަނީ އޯޑަރުތައް އެކިފަރާތްތަކަށް ޑެލިވަރީ ކޮށްދިނުމުގައި ލިލީ އިންޓަރނޭސނަލްގެ ވަރަށް ގިނައަދަދެއްގެ މުވައްޒަފުން ދަނީ ހަރަކަތްތެރިވަމުން ކަމަށާއި ނަމަވެސް އެކުންފުނިން ބައެއް ވިޔަފާރިތަކަށް ހަމައަގުގައި މުދައު ފޯރުކޮށްދިނުމުން އެފަރާތްތަކުން މުދައު އަގުބޮޑުކޮށް ވިއްކާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.  އަދި މިގޮތަށް އަމަލު ނުކުރުމަކީ ލިލީ އިންޓަނޭސަނަލްގެ ވަރަށްބޮޑުއެދުމެއް ކަމަށެވެ. 

ލިލީ އިންޓަރނޭޝަނަލަކީ އެކުންފުނިން ވިއްކާ ކޮންމެ ބާވަތެއްގެ މުދަލެއް ނަމަވެސް، މުދައު ހުސްވެގެންދާއިރުވެސް އަގު ބޮޑު ނުކޮށް ހެޔޮ އަގުގައި ވިއްކަމުން ގެންދާ ކުންފުންޏެކެވެ. އަދި އެންމެ ހެޔޮއަގުގައި މުދައު ވިއްކަމުން ގެންދާ އެއް ކުންފުންޏެވެ. 

ކޯވިޑް-19ގެސަބަބުން ދިމާވެފައިވާ މި ހިތްދަތި އުނދަގޫ ދަނޑިވަޅުގައި އެންމެ ބޮޑު ޒަރޫރީބޭނުމަކަށްވެފައިމިވަނީ ދުވަހުންދުވަހަށް ހޯދަންޖެހޭ ކާބޯތަކެތިހޯދުމާ މިތަކެތި އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުމާއި  އަދި މި ހައްސާސް .ވަގުތާ ބަރަކާތްތެރި ރޯދަމަހާދިމާވުމަކީ ވަކިން މިދަތިކަން އިތުރަށް ތަހައްމަލްކުރަންމެދުވެރިކުރުވި ކަމެކެވެ

ނަމަވެސް ރާއްޖޭގަ ފުޅައު ދާއިރާއެއްގައި ކާބޯތަކި އެތެރެކޮށް ވިއްކަމުންދާ ލިލީ އިންޓަރނޭސަނަލް އިންދަނީ މިދަތި އުދަގޫ ވަގުތުވެސް ޒިންމާދާރުކަމާއެކު ރައްޔަތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ބުރަމަސްއްކަތްތަކެއް ކުރަމުންނެވެ

.އެގޮތުން ކޮންމެ ދުވަހަކު ސަތޭކައެއްހައި ފަރާތަށް ވީ އެންމެފުރިހަމައެއްކޮން ރައްޔަތު މީހާ އުޅުއްވާ ގެއާއި ހަމައަށްފޯރުކޮށްދެމުންނެވެ 

މިއަދު އޮންލައިން