ހެލްތު މިނިސްޓަރުގެ ވަރުގަދަ އިންޒާރެއް!: ޕޮޒިޓިވްވާ މީހުން އިތުރުވާނެ! ޙާލުބޮޑުވާ މީހުންގެ އަދަދުވެސް ދާނީ ގިނަވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ހެލްތު މިނިސްޓަރުގެ ވަރުގަދަ އިންޒާރެއް!: ޕޮޒިޓިވްވާ މީހުން އިތުރުވާނެ! ޙާލުބޮޑުވާ މީހުންގެ އަދަދުވެސް ދާނީ ގިނަވަމުން!

ރާއްޖޭގައި ކޮރޯނާ ވައިރަސް މުޖުތަމައުގައި ފެތުރެން ފަށާފައި ވުމުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށާއި ޙާލު ބޮޑުވާ މީހުންގެ އަދަދު ވެސް ގިނަވާނެ ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. 

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ބަލިޖެހޭ މީހުންގެ އަދަދު އިތުރުވުމުން ކަރަންޓީނު ކުރެވޭނެ ފެސިލިޓީތަކުގައި ޖާގަ ހުސްވެ މީހުން ގޭގޭގައި ކަރަންޓީނުކުރަން ޖެހޭ ޙާލަތަށް ހުރިހާ ޤައުމުތަކެއްގައިވެސް ދާ ކަމަށެވެ. އެހާލަތުން ސަލާމަތްވާން މަސައްކަތްކުރުން އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. 

"ޙައްލަކީ ހަމަ ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ނުކުތުން. ކޮންމެހެން ބައްދަލުކުރަން ޖެހޭ މީހަކާއި ނޫނީ ބައްދަލު ނުކުރުން. ބައްދަލުކުރަން ޖެހޭ މީހަކާއި ބައްދަލުކުރި ނަމަވެސް އިޖުތިމާޢީ ދުރުމިން ހިފެހެއްޓުން." 

އަމީން ވިދާޅުވީ ރާއްޖެތެރެއަށް ބެލި ނަމަވެސް ފާއިތުވި 2 ހަފްތާގައި ވަނީ ބަދަލުތަކެއް އައިސްފައި ކަމަށެވެ. ބައްޔަށް ޕޮޒިޓިވްވުމާއި އައިސޮލޭޓްކުރުމާއި ކަރަންޓީނުކުރަން ޖެހުން ފަދަ ކަންކަން މިވަނީ ފެށިފައި ކަމަށެވެ. 

ޑރ. ޢަލީ ލަޠީފް ވިދާޅުވީ ހޯމް ކަރަންޓީނު ކުރުމަކީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ނަމަ ފުރަތަމަވެސް ކަރަންޓީނުކުރަން ފަށާނީ ގޭގައި ކަމަށެވެ. "ގޭގައި ކަރަންޓީނު ކުރީމާ ބަލަހައްޓަން ފަސޭހަވޭ. މަދު ޚިދުމަތްތެރިންނަށް ޚިދުމަތްވެސް ދެވޭ. އެހެންކަމާއިއެކުވެސް ހުރިހާ ދަތިތަކާއިއެކުވެސް ގޭގައި ކަރަންޓީނު ނުކުރަނީ އެއީ އެންމެ ރަނގަޅު ގޮތް ނޫން ވީމަ. ނަމަވެސް ދެން އެހެން ގޮތެއް ނެތިއްޖެ ނަމަ ޖެހޭނީ އެކަންވެސް ކުރަން ފަށަން." ކަމަށްވެސް ޑރ. ޢަލީ ލަޠީފް ވިދާޅުވިއެވެ. 

މިއަދު އޮންލައިން