އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވި 83 އަހަރުގެ އަންހެން މީހާ ކޮރޯނާއަށް ޕޮޒިޓިވްވެފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.
ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވީ އޭނާއަކީ ކޮންޓެކްޓަކާ ގުޅުން ހުރެގެން 27 ވަނަ ދުވަހުގެ ރޭ ސާމްޕަލް ނަގާފައިވާ އަންހެނެއް ކަމަށާއި ނަތީޖާ ލިބުނުއިރު ނިޔާވެފައިވާ ކަމަށެވެ. އަދި އޭނާގެ ސާމްޕަލް ނެގީ ޢާއިލާގެ މީހަކު ޕޮޒިޓިވްވުމުން ކަމަށެވެ.
"ނޭވާލާން އުނދަގޫވެގެން މިއަދު ހަވީރު ހޮސްޕިޓަލަށް ގެންދެވުނުއިރު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވަނީ."
އޭނާ ހިނެވުމުގެ ކަންކަން ކުރަނީ ތަމްރީނު ލިބިފައިވާސިފައިންގެ އަނހެން ބޭކަނބަލުންނެވެ.
ޑީއެޗް 11 ގައި މިހާރުވެސް ގެންދަނީ 5 މީހަކަށް ފަރުވާދެމުންނެވެ. އެއިގެ ތެރެއިން 3 މީހަކަށް ގެންދަނީ އޮކްސިޖަން ދެމުންނެވެ. އަދި މިހައިތަނަށް އެއްވެސް މީހަކު ވެންޓިލޭޓަރަށް ލާފައެއް ނުވެއެވެ.
މިއީ ކޮރޯނާ ބަލިޖެހިފައިވާ ރާއްޖޭގައި ފުރަތަމަ މަރުވި މީހާއެވެ.