ފަރުވާ ހޯދާތާ ގިނަ ދުވަސްވީ އުމުރުން ދުވަސްވީ 2 މީހުން ނިޔާވެއްޖެ! ރެއިން ފެށިގެން ހަތާވީސް މީހުން ޕޮޒިޓިވް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ފަރުވާ ހޯދާތާ ގިނަ ދުވަސްވީ އުމުރުން ދުވަސްވީ 2 މީހުން ނިޔާވެއްޖެ! ރެއިން ފެށިގެން ހަތާވީސް މީހުން ޕޮޒިޓިވް!

ރެއިން ފެށިގެން މިރޭގެ 8.30 އާއި ހަމައަށް 27 މީހުން ޕޮޒިޓިވްވެ ޕޮޒިޓިވްވި މީހުންގެ އަދަދު 277 އަށް އަރާފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިހައިތަނަށް 800 އަށްވުރެ ގިނަ ސާމްޕަލް ނަތީޖާ ނުލިބި އަދި އެބަހުރި ކަމަށެވެ.

މަބްރޫކް ވިދާޅުވީ އިއްޔެ ތިނަދޫ ހޮސްޕިޓަލުގައި ނިޔާވީ 95 އަހަރުގެ މީހެއް ކަމަށާއި ތިނަދޫގައި މިއަދުވެސް 78 އަހަރުގެ މީހަކު ނިޔާވެފައިވާ ކަމަށާއި 83 އަހަރުގެ އިތުރު މީހަކުވެސް މިއަދު ވަނީ ނިޔާވެފައި ކަމަށެވެ. އަދި މިއެންމެންނަކީވެސް ސާމްޕަލް ނަގާފައިވާ މީހުން ކަމަށާއި އަދި ދިގު މުއަދަތަކަށް ފަރުވާ ހޯދަމުން ގެންދާ މީހުން ކަމަށެވެ.

އެހެންކަމުން ކޮރޯނާއަށް ޕޮޒިޓިވްވެފައިވާ މީހަކު އަދި މިހައިތަނަށް ނިޔާވިކަން އެނގިފައެއް ނުވެއެވެ.

މިއަދު އޮންލައިން