ކޮރޯނާ ވައިރަސް އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި ބާއްވާނެ މުއްދަތު އިތުރުކޮށްފިއެވެ.
ކުރިން އިތުރުކުރި 14 ދުވަހުގެ މުއްދަތު މާދަމާއަށް ހަމަވާތީ މިއަދު ވެސް އިތުރުކޮށްފައިވަނީ 14 ދުވަހެވެ. އެހެން ކަމުން މިހާރު މިވަނީ މެއި މަހުގެ 14 ވަނަ ދުވަހާއި ހަމައަށް ލޮކްދައުންގެ މުއްދަތު އިތުރުކޮށްފައެވެ.
ލޮކްޑައުންގެ މުއްދަތުގައި އަމަލުކުރަންވީ ގޮތް ފުލުހުން ގެންދަނީ އަންގަމުންނެވެ. އަމުރާ ޚިލާފުވާ މީހުންނާއިމެދު މިހާރު ގެންދަނީ ފިޔަވަޅުއަޅަމުންނެވެ.