ގދ ތިނަދޫ މެމޯރިއަލް ހޮސްޕިޓަލުގައި އިއްޔެ ނިޔާވި އެ އަތޮޅުގެ މަޑަވެއްޔަށް ނިޞްތްވާ އުމުރުން 87 އަހަރުގެ މީހާ ޖަމާއަތްތެރިންނާއި ޙަވާލުކުރީ ހިނަވައި، ކަށުކަމާކެމީގެ ކަންކަން ފުރިހަމަކުރަން ކަމަށާއި ނުހިނަވައި ތަޔައްމަމް ކުރަން ނިންމީ ޖަމާއަތްތެރިން ކަން ހާމަވެއްޖެއެވެ.
ގދ ތިނަދޫ ހޮސްޕިޓަލުން ރޭ ނެރެފައިވާ ބަޔާނު އެނގުނު ގޮތުގައި އޭނާގެ ސާމްޕަލް ނެތީ އޭނާއަކީ ނޭވާލާ ނިޒާމުގެ ބައްޔެއްގައި އުޅޭ މީހަކަށްވެފައި އުމުރުން ދުވަސްވީ މީހަކަށްވުމުންނެވެ. ސާމްޕަލް ނެގި ހިސާބުން ކަންކަން ކޮށްފައިވަނީ ރައްކައުތެރިކަމުގެ ފިޔަވަޅު އަޅައިގެންނެވެ.
އެގޮތުން ހިނަވާނެ ޖަމާއަތްތެރިން ހޮސްޕިޓަލަށް ގެންގޮސް އެމީހުންނަށް ހެދުންއަޅަންވީގޮތް ދަސްކޮށްދީ ހެދުންވެސް ވަނީ ޙަވާލުކޮށްފައެވެ.
މަޑަވެލިއަކީ މޮނިޓަރިންގެ ޙާލަތުގައި އޮތް ރަށެއް ނޫނެވެ. މަޑަވެލީގެ ބައެއްގެ ސާމްޕަލް ވެސް ނަގާފައެއް ނުވެއެވެ. އަދި ނިޔާވި މީހާގެ ދަރިންގެ ސާމްޕަލްވެސް ނަގާފައެއް ނުވެއެވެ. އެހެންކަމަށްވާއިރު ޙާލަތުބެލުމަށް އެޗްޕީއޭގެ ބޭނބުމަށް ބަލިމީހާގެ ސާމްޕަލެއް ނަގާފައިވުމަކީ އެމީހެއްގެ މައްޗަށް ޝައްކުކޮށާް ނުހިނަވައި ވަޅުލަން ޖެހޭނެ ސަބަބެއް ކަމަށް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.
ޙަޤީޤަތުގައި އެފަދަ ޝައްކެއް އޮތް ނަމަ މަޑަވެލި މޮނިޓަރިންގެ ޙާލަތަށް ގެންގޮސް އޭނާގެ ކޮންޓެކްޓުންގެ ސާމްޕަލް ނުނަގައި އޮތީ ކީއްވެގެން ކަމާއިމެދު ސުވާލުއުފެދެއެވެ.
ގދ އަތޮޅުން ދަނީ ސާމްޕަލް ނަގައި ޓެސްޓްކުރަމުންނެވެ. މާތް ﷲ ވާގިފުޅާއިއެކު މިއަދުގެ މިވަގުތާއި ހަމައަށް އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.